ads
ހިލޭ ޖީބީ ލިބޭ ގޭމެއް އުރީދޫއިން ވަނީ ތައާރަފްކޮށްފައި
ގޯލް ޖަހައިގެން މޮޅުވާ ފަރާތްތަކަށް ހިލޭ ޖީބީ ލިބޭ ގޭމެއް އުރީދޫއިން ތައާރަފްކޮށްފި
ސާޕް ޗެމްޕިއަންޝިޕް މުބާރާތާއި ގުޅިގެން ރާއްޖޭގައި ގައުމީ ޖޯޝާއި ފުޓުބޯޅައިގެ ފޯރި އިތުރުކުރުމުގެ ގޮޮތުން، މުބާރާތުގެ ޓައިޓަލް ސްޕޮންސާ އުރީދޫ މޯލްޑިވްސްއިން، ގޯލް ޖަހައިގެން މޮޅުވާ ފަރާތްތަކަށް ހިލޭ 1 ޖީބީ ޑޭޓާ ލިބޭ ގޭމެއް އުރީދޫ އެޕްގައި ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ ފަންސާސް ރުފިޔާ އާއި މަތިން ރީޗާރޖް ކުރައްވާ ފަރާތްތަކަށާއި ޕެކް އެކްޓިވޭޓް ކުރައްވާ ފަރާތްތަކަށް މިގޭމްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޕެނަލްޓީ ކިކެއް ގޯލަށް ޖަހާ ސްކޯ ކުރާ ކަސްޓަމަރުންނަށް ހިލޭ ޖީބީ ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ސްކޯ އެންޑް ވިން ގޭމް ކުޅޭނެ ގޮތް

1.    އުރީދޫ އެޕް އަށް ޒިޔާރާތްކޮށްލައްވާ 

2.    50 ރުފިޔާ އާއި މަތިން ރިޗާރޖްކޮށްލައްވާ

3.    ރީޗާރޖްކޮށްލުމުން ސްކްރީނުން ފެނިވަޑައިގަންނަވާ PLAY ONCE އަށް ފިތާލައްވާ

4.    ޕެނަލްޓީ ކިކަކުން ގޯލްޖައްސަވާ ހިލޭ ޑޭޓާ ހޯއްދަވާ

ކުރިއަށް އޮތްތަނުގައިވެސް މިފަދަ މަޖާ ގޭމް ކުޅެގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސާޕް ޗެމްޕިއަންޝިޕް 2021 ގެ ޓައިޓަލް ސްޕޮންސާގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާ ކޮންޓެސްޓް އަދި އުރީދޫ އީ-ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މެޗްތައް ބަލާލުމަށް ޓިކެޓް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. މީގެ އިތުރުން ފުޓުބޯޅައިގެ ފޯރީގައި ރައްޔިތުންނާއި ބައިވެރިވެ ކުލަގަދަ ކުރުމަށް އެކި އެކި ހަރަކާތްތައް ރޭވިފައިވާ ކަމަށް އުރީދޫއިން ބުނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް