ads
ރަޓްމަލާނާ އެއާޕޯޓުން ފުރަތަމަ ދަތުރު މިއަންނަމަހަށް ވަނީ ޝެޑިއުލް ކުރެވިފައި
ފަންސާސް އަހަރު ފަހުން ރަޓްމަލާނާ އެއާޕޯޓުން ފުރަތަމަ ފްލައިޓް ރާއްޖެއަށް
ލަންކާގެ ރަޓްމަލާނާ އެއާޕޯޓުން 50 އަހަރު ފަހުން ބައިނަލްއަގުވާމީ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ. ފުރަތަމަ ފްލައިޓު ޝެޑިއުލް ކޮށްފައިވަނީ ރާއްޖެއަށެވެ.
Advertisement

އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީއާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވާގޮތުގައި މި ދަތުރުތައް ފަށާނީ އަންނަ މަހހު އެވެ. އެ އެއާޕޯޓުން ދަތުރު ކުރާނީ ދެކުނު އޭޝިއާގެ ގައުމުތަކަށް އެކަންޏެވެ.

މޯލްޑިވިއަން އެއާލައިން އާއެކު ބޭއްވި ދިގު މަޝްވަރާ ތަކަކަށް ފަހު ރަޓްމަލާނާ އެއާޕޯޓުގެ ދަތުރުތައް ފެށުމަށް އެއަބަސްވުމަކަށް ވަނީ އާދެވިފައެވެ. ރާއްޖެއާ ރަޓްމަލާނާ އެއާޕޯޓާ ދެމެދު ފުރަތަމަ ދަތުރުތައް ފަށަން ހަމަޖެހިފައިވަނީ 50 ޕެސެންޖަރުންގެ ޖާގައިގެ އެއާ ކަރާފްޓެއް ގައެވެ.

ރަޓުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާފައިވަނީ 1938 ގައެވެ. އެއެއާޕޯޓުގެ ސަރަހައްދީ އުދުހުންތައް ހުއްޓާލާފައިވަނީ 1968ގައި ކަޓުނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައި އުދުހުންތައް ފެށުމާ ގުޅިގެންނެވެ. 

މި ދަތުރުތައް ފެށުމާއެކު ފްލައިޓް ޕާކު ކުރުމަށް ނަގާ ފީ އާއި އެއާޕޯޓް ސާވިސް ޓެކްސް ވެސް ނެގުން އެއް އަހަރު ދުވަހަށް މެދުކަނޑާލާނެ ކަމަށް ވެސް އެ ގައުމުގެ ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ރާއްޖެއާ އިންޑިއާ އާދެމެދު އޮތް މިއެއާޕޯޓު ތަރައްގީ ކުރަން ނިންމާފައިވަނީ ރީޖަނަލް އިންޓަނޭޝަނަލް އެއާޕޯޓެއްގެ ގޮތުގައެވެ.

ރާއްޖޭން މިހާރު ދަތުރު ކުރަނީ ލަންކާގެ ބަންޑާރަ ނައިކެ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެއީ ދިވެހިން ދިރިއުޅޭ ސަރަހައްދާ ދުރު އެއާޕޯޓެކެވެ. ނަމަވެސް ރަޓްމަލާނާ އެއާޕޯޓަކީ ލަންކާގައި އެންމެ ގިނަ ދިވެހިން ދިރިއުޅޭ ސަރަހައްދު ކަމަށްވާ ދެހިވަލާއާ އެންމެ ކައިރި އެއާޕޯޓެވެ. އަދި ރާއްޖެއާ ވެސް ކައިރި އެއާޕޯޓެވެ.

މި އެއާޕޯޓަށް ދަތުރުތައް ފެށުމުން ރާއްޖޭން ލަންކާ އަށް ދާން ނަގާ ވަގުތު ވެސް ކުޑަ ވާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް