ކޮވިޑާއި ގުޅިގެން ދައުލަތުން ކުރާ ހަރަދުތަކުގެ ތެރޭގައި، ސިއްހީ ދާއިރާއާއި، އިޖްތިމާއީ، އަދި އިކޮނޮމިކް ރެސްޕޮންސްއަށް ކުރާ ހަރަދުތައް ހިމެނެއެވެ. އެގޮތުން އެންމެ ބޮޑު ހަރަދެއް ކުރަނީ ސިއްހީ ދާއިރާއިން، ހެލްތް މިނިސްޓްރީންނެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ގެ ނިޔަލަށް ހެލްތް މިނިސްޓްރީއިން ވަނީ 813.5 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި ނޭޝަނަލް ޑިޒާސްޓަ މެނޭޖްމެންޓް އޮތޯރިޓީއިން 784.4 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު އައިޖީއެމްއެޗުން 195.2 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން 67.6 މިލިއަން ރުފިޔާ ސެޕްޓެމްބަރުގެ މަހުގެ ނިޔަލަށް ހަރަދުކޮށްފައިވާއިރު، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން 53.5 މިއަން ރުފިޔާ، އަދި ޑިޒާސްޓަ މެނޭޖްމެންޓް ފަންޑުން 84.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
އެކި އިދާރާތަކުން ކުރި ހަރަދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ސިއްހީ ހިދުމަތް ދިނުމަށް ބޭނުންވާ އާލާތްތައް ހޯދުމަށް ކުރި ހަރަދެވެ. އެކަމަށް 1.1 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އިދާރާތައް ހިންގުމަށް 205.6 މިލިއަން ރުފިޔާ، އިދާރާތަކަށް ބޭނުންވާ ތަކެތި ހޯދުމަށް 201.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
މީގެ އިތުރުން އިކޮނޮމިކް ރެސްޕޮސްއަށް 1.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ ތެރޭގައި ހިމެނެނީ ކޮވިޑް-19 ރިކަވަރީ ލޯން ސްކީމަށް ކުރި ހަރަދާއި، އިންކަމް ސަޕޯޓް އެލަވަންސް ދިނުމަށް ކުރި ހަރަދާއި، ފެނާއި ކަރަންޓު ބިލުން ދިން ޑިސްކައުންޓުގެ ސަބަބުން ދައުލަތުން ހަރަދުވި އަދަދެވެ.
އިކޮނޮމިކް ރެސްޕޮސް ހަރަދު: