
2023ގެ ރިޔާސީ ރޭހަށް އެމްއެންޕީން ނިކުންނަނީ އިންތިހާބު ކާމިޔާބުކޮށް "ދިވެހިން ފުދުންތެރި" ބަޔަކަށް ހެދުމަށް.” ނާޒިމް ވިދާޅުވިއެވެ.
އިތުރަށް ނާޒިމް ވިދާޅުވީ، ފުދުންތެރިން ދިވެހިންނަކީ ސަރުކާރުގައި ސަލާން ޖަހަން ނުޖެހޭ ބައެއް ކަމަށާއި، އެ އަމާޒަށް ވާސިލްވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް އެ ޕާޓީން ކުރާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި އެ ޕާޓީގެ އެއް ނައިބު ރައީސް ކަމަށްވާ، ދަނގެތީ ދާއިރާގެ މެމްބަރު ރިޔާޒްވެސް ވާހަކަފުޅު ދެއްކެވިއެވެ.
އިތުރަށް ރިޔާޒު ވިދާޅުވީ، އެހެން ޕާޓީތަކާއި ހިލާފަށް، ޕާޓީގެ ނުފޫޒުގަދަ މެންބަރަކު ބޭނުންވެގެން ސުލޫކީ ކޮމިޓީ މެދުވެރިކޮށް އިންތިހާބު ކޮށްފައިވާ މެންބަރު ވަކި ނުކުރެވޭނެ ކަމަށާއި، އެމްއެންޕީގެ އަސާސްތައް ބިނާކޮށްފައި ވަނީ ގައުމުގައި މި ވަގުތު ހުރި ބޮޑެތި މައްސަލަތަކަށް ކަމަށެވެ.
އެ ޕާޓީގެ އަޒުމަކީ މިއަހަރު ނިމުމުގެ ކުރިން 10،000 މެމްބަރުން އެޕާޓީއަށް ހަމަކުރުމެވެ.