ads
އިރާންގެ ފުރަތަމަ ރައީސް އަބޮލްހަސަން ބަނިސަދުރް
އިރާންގެ ފުރަތަމަ ރައީސް އަވަހާރަވެއްޖެ
އިރާންގެ ފުރަތަމަ ރައީސް އަބޮލްހަސަން ބަނިސަދުރް އަވަހާރަވެއްޖެ އެވެ.

ނަވާރަސަތޭކަ ހަތްދިހަނުވަ ވަނަ އަހަރުގެ އިންގިލާބަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް ބަނިސަދުރް ވަނީ ފަހުން އިތުބާރު ނެތް ކަމަށް ކަނޑައަޅައި މަގާމުން ދުރުކޮށްފައެވެ. މަގާމުން ދުރުކުރުމުން އޭނާ ވަނީ ގައުމު ދޫކޮށް ފިއްލަވާފައެވެ.

އޭނާ އަވަހާރަވެފައިވަނީ ފްރާންސްގެ ވެރިރަށް ޕެރިސްގައި ދިރިއުޅުއްވާތާ އެތައް އަހަރުތަކެއް ފަހުންނެވެ. އަވަހާރަވި އިރު އޭނާގެ އުމުރަކީ 88 އަހަރެވެ. 

މަރުވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ޕެރިސްގެ ސަކްޕެޓްރިއާސް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުންދަނިކޮށެވެ. 

ބަނިސަދުރް އުފަންވީ 1933 ވަނަ އަހަރު އިރާންގެ ހުޅަނގު ހެމެދަން ޕްރޮވިންސްއަށެވެ. އޭނާގެ ބައްޕާފުޅަކީ އިރާންގެ މަޝްހޫރު ދީނީ ލީޑަރެކެވެ. އަދި އިރާންގެ އެންމެ ފަހުގެ ޝާހް ކަމަށްވާ، މުހައްމަދު ރިޒާ ޕައްލަވީ އާއި ދެކޮޅަށް، ގެނައި އިންގިލާބްގެ ލީޑަރެއް ކަމަށްވާ ރުހޮއްލާ ހަމޭނީގެ ގާތް އެކުވެރިއެކެވެ.

ބަނިސަދުރް ކިޔަވާ ވިދާޅުވީ ޔޫރަޕުގައެވެ. އޭނާ އަކީ ޝާހްގެ ޝާޙީ ވެރިކަމާދެކޮޅަށް ވަކާލާތު ކުރި މީހެކެވެ. އަދި ހުމޭނީގެ ގާތް މީހެއް ވެސްމެވެ. އޭނާ ވަނީ ހަމޭނީ އިރާންގެ ސުޕްރީމް ލީޑަރުކާމާއި ހަވާލުވުމުގެ ކުރިން ޕެރިސްގައި އޭނާއެކު ބައްދަލުވުމެއްވެސް ބާއްވާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް