މި ދެ ތަރިން މަސައްކަތް ކުރަނީ ޑައިރެކްޓަރު މުދައްސަރު އަޒީޒް ހަދާ ފިލްމެއްގައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އެ ފިލްމުގެ ޝޫޓިން މިހާރު ފެށިގެން ލަންޑަންގައި ކުރިއަށް އެބަ ދެއެވެ. ފިލްމުގެ ޝޫޓިންގައި ސޮނާކްޝީ އަދި ހުމާ ވެސް މިހާރު އަންނަނީ މަންޒަރުތައް ނަގަމުންނެވެ.
ސޮނާކްޝީ އަދި ހުމާގެ އެކުގައި އެ ފިލްމުން ފެންނަ އިރު އެ ތަރިންނާއެކު "ނޯޓްބުކް" އިން ފެނުނު ޒަހީރު އިގްބާލް ވެސް ފެންނާނެއެވެ.
ސޮނާކްޝީ ދާދި ފަހުން ވަނީ ރިތޭޝް ދޭޝްމުކް އާއެކު ފެންނާނެ ފިލްމު "ކަކުޑާ" ގެ ޝޫޓިން ވެސް ނިންމާލާފައެވެ.
ހުމާ އެންމެ ފަހުން ފެނިގެންދިޔައީ އަކްޝޭ ކުމާރު ލީޑު ރޯލުކުޅެފައިވާ ފިލްމު "ބެލް ބޮޓަމް" އިންނެވެ. އެ ފިލްމު ވެގެން ދިޔައީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމަކަށެވެ.