
ރީތި ތުނބުޅި އެއް ހުރުމުން ގިނަ ބަޔަކު އަމިއްލަ އަށް ވެސް އޮންނަ ހިތް ހަމަ ޖެހުން ބޮޑު ކަމަށް ބުނާއިރު އެއީ ދީނުގައި ވެސް އޮންނަ ސުންނަތެކެވެ. ނަމަވެސް ބައެއް ފިރިހެނުން ފުރިހަމަ ތުނބުޅި އެއް ނުފަޅައިގެން އުޅެން ޖެހެއެވެ.
ރީތި ތުނބުޅި އެއް ބޭނުން ނަމަ ތެލާއި ފާޑު ފާޑުގެ ބޭސް ތައް ކެއުމުގެ ބަދަލުގައި އަމިއްލައަށް ކުރެވިދާނެ ކަން ކަން އެބަހުއްޓެވެ.
އެގޮތުން އިސްކަން ދެވިދާނެ ބައެއް ކަންކަން ފާހަގަ ކޮށްލަމެވެ.
* ކޮންމެ ދުވަހަކުވެސް ގަވާއިދުން ކަސްރަތު ކުރުން
* ރަނގަޅު ޑައިޓެއް ބައްޓަންކުރުން, ޕްރޮޓީން ގިނައިން އެކުލެވޭ އެއްޗެހި ކޮންމެ ދުވަހަކުވެސް ކެެއުން ވަރަށް މުހިއްމު.
* ގިނަ ގިނައިން މޫނު މަތި ދޮވެ އިސްތަށި ފަޅާފައިވާ ހިސާބު މަސާޖު ކުރުން
*ވިޓަމިން އީ އެކުލެވޭ އެއްޗެހި ކެއުން ގިނަ ކުރުން
* ފިކުރުތަކާއި ދުރުވެ ހަމަ ނިދި ހޯދުން
ރީތި ފުރިހަމަ ތުނބުޅި އެއް ބޭނުން ނަމަ އަޅެ މިކަން ކަމަށް އިސްކަންދީ ތަޖުރިބާ ކޮށްލަބަލާށެވެ. އަދި ރީތި ހިތްގައިމު ތުނބުޅި އެއް ހުންނަ ނަމަ އެ ތުނބުޅި ސާފުކޮށް ބަލަހައްޓަން އަބަދުވެސް ސަމާލުކަމެއް ދޭން ވާނެއެވެ.