ads
ޝެހެނާޒް
ސިދާތުގެ މަރަށް ފަހު ޝެހެނާޒް ފުރަތަމަ ފަހަރަށް ފެނިލައިފި
ސެޕްޓެމްބަރު މަހުގެ ދެ ވަނަ ދުވަހު ހާޓް އެޓޭކެއް ޖެހިގެން ކުއްލި ގޮތަކަށް އެކްޓަރު ސިދާތު ޝުކްލާ މަރުވުމުން ޝެހެނާޒަށް ވަނީ ވަރަށް ބޮޑު ޝޮކެއް ލިބިފައެވެ.

ސިދާތުގެ ކުއްލި މަރާއެކު ގިނަ ބަޔަކު އެންމެ ކަންބޮޑުވީ އޭނާ އާ އެކު އެންމެ ކައިރިކޮން އުޅުނު ޝެހެނާޒް ގިލްއަށް ވާނެ ގޮތަކާ މެދުއެވެ.

ސިދާތު މަރުވުމުން އެކަމުގެ ހިތާމައިގައި ހާލު ދެރަވެގެން ޝެހްނާޒް ހޮސްޕިޓަލުގައި އެޑްމިޓު ކުރިކަމަށް ވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މި ހިތްދަތި  ވަގުތުގައި ޝެހެނާޒްއަށް އެންމެ ބޮޑު ހިތްވަރެއް ދިނީ ސިދާތުގެ މަންމަ ކަމަށް ވާއިރު  ޝެހެނާޒްގެ ފޭނުންވެސް އަންނަނީ ޝެހެނާޒަށް ހިތްވަރު ދެމުންނެވެ.

އަމިއްލަ ދިރިއުޅުމުގައި ހިތްވަރާ އެކު ކުރިއަށް ދާން ބުނެ ސިދާތުގެ މަންމަ އާ ރައްޓެހިންގެ އިތުރުން  ފޭނުންގެ ފަރާތުން ލިބުނު ހިތްވަރާ، ނަސޭހަތް އަޑު އަހައި ޝެހެނާޒް މިހާރު ވަނީ އާންމުންގެ ތެރެއަަށް ނުކުމެ ފެނިލައިފައެވެ.

ޝެހެނާޒްގެ އަލަށް ނުކުންނަ ފިލްމު "ހޯސްލާ ރަކް"ގެ ޕްރޮމޯޝަންގައި، އެތައް ދުވަހެއް ފަހުން ޝެހްނާޒް ފެނުމުން އެކަމާ އެތައް ބަޔަކު އަންނަނީ އުފާކުރަމުންނެވެ. 

ޝެހެނާޒްގެ ފިލްމް "ހޯސްލާ  ރަކް" ގެ ޓްރެއިލާ  މިހާރު ވަނީ 22 މިލިޔަނަށްވުރެ ގިނަ މީހުން  ޔޫޓިއުބު  މެދުވެރިކޮށް ބަލާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް