ads
އިލެކްޝަން ކޮމިޝަންގެ އިދާރާ ، ފޮޓޯ: ރާއްޖެ އެމްވީ
އިލެކްޝަން ކޮމިޝަނަށް ބެކަޕް ސޮފްޓްވެއާއެއް ހޯދަނީ
އިލެކްޝަން ކޮމިޝަނަށް ބެކަޕް ސޮފްޓްވެއާރއެއް ހޯދައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފި އެވެ.

މިކަމާއި ގުޅިގެން މީގެ ކުރިން އެ ކޮމިޝަނުން ކުރި އިޢުލާން މިހާރު ވަނީ ބާތިލްކޮށްފައެވެ. ބާތިލްކޮށް އަލުން ކުރި އިއުލާނުގައި ބުނެފައިވަނީ، މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2021 އޮކްޓޯބަރ 19 ވާ އަންގާރަ ދުވަހުގެ 10:30 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށް ކަމަށާއި، މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެކަމަށެވެ.

ބީލަން ހުޅުވުން އޮންނާނީ 2021 އޮކްޓޯބަރ 20 ވާ ބުދަ ދުވަހުގެ 10:30 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށާއި، ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެ ކަމަށްވެސް އިޢުލާނުގައި ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މިހާރުގެ ރައީސްއަކީ ފުޢާދު ތަޢުފީޤެވެ.

ފުއާދު ވަނީ މީގެ ކުރިންވެސް އެ ކޮމިޝަނުގެ ރައީސްގެ މަގާމު އަދާކުރައްވާފައެވެ. އަދި 2008 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް އީސީގެ މެންބަރުކަންވެސް ފުރުއްވާފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް