ads
މާލޭގެ މަގުތަކުގައި ތާރު އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރަނީ، ފޮޓޯ: އަވަސް
މާލޭގެ ސޯޅަ މަގެއްގައި ތާރު އަޅަނީ
މާލޭ ސިޓީގެ 16 މަގެއްގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވޮލަޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ.
Advertisement

މިކަމާއި ގުޅިގެން، ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ،  މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި، އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކެވެ. 

މި މަޝްރޫއުގެ ދަށުން މާލޭގެ 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވެ އެވެ. އަދި މާލޭގެ ބޭރުމަގާއެކު އިތުރު 16 މަގެއްގައި ތާރުއަޅައިގެން ތަރައްގީކުރުމަށް ވެސް ނިންމާފައިވެ އެވެ 

މާލޭގެ ބޮޑެތި މަގުތަކުގައި ތާރު އަޅަން ނިންމާފައިވާ ކަމަށާއި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ އެޕްރީލް މަސްތެރޭގައި ބޭއްވި ބައްދަލުވުމެއްގައިވެސް ވަނީ ވިދާޅުވެފައެވެ. 

މާލޭ ސިޓީ ކައުންސިލުންގެ ފަރާތުން ހެންވޭރުގެ ރައްޔިތުންނާއެކު ބޭއްވި މި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަގު ހެދުމުގެ މަސައްކަތުގެ ދަށުން ވަރަށް އަވަހަށް ހެންވޭރުގެ ބައެއް މަގުތައް ގާ އަތުރައިގެން ހެދުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި އެކަން ކުރުމަށް ދޭން ޖެހޭ ހުރިހާ ހުއްދައެއް އާރުޑީސީއަށް މިހާރު ދެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އެ މަގުތަކުގެ ތެރޭގައި ބޮޑެތި މަގުތައް ނުހިމަނާ ކަމަށާއި އެއީ ބޮޑެތި މަގުތަކުގައި ތާރު އަޅަން ނިންމާފައިވާތީ ކަމަށެވެ. އެކަމަށްޓަކައި ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް ސަަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

"އުންމީދު ކުރަނީ ވަރަށް އަވަހަށް، އަންނަ ހަފުތާގައިވެސް އެ އެޕްރޫވަލް ލިބޭނެ ކަމަށް. ލިބިއްޖެނަމަ، ގާ އަތުރައިގެން ހަދާ ގިނަ މަގުތަކުގެ އިތުރަށް ތާރު އަޅައިގެން ހަދާ ބޮޑެތި މަގުތައް މިއަހަރުގެ ތެރޭގައި ފެށޭނެ،" މުއިއްޒު ވިދާޅުވިއެވެ.

އެގޮތުން މާލޭގެ ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅާ އޮތް ސަރަހައްދާއި ޖަނަވަރީ މަގާއި ޗާންދަނީ މަގާއި ބުރުޒުމަގާއި އަމީނީ މަގާއި ސޯސަން މަގުގެ އިތުރަށް ދެންވެސް މާލޭގައި ހުރި ބޮޑެތި މަގުތަކުގައި ތާރު އެޅުމަކީ އަމާޒެއް ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލޭ ސިޓީގެ ދެ މަގެއް ފިޔަވައި ހުރިހާ މަގެއްގައި ތާރު އަޅާނެ ކަމަށް 2019 ވަނަ އަހަރު މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ. ނަމަވެސް އެ މަޝްރޫއު ނުފެށި އެ ކައުންސިލުގެ ދައުރު ވަނީ ނިމިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް