ads
ހެއިލީ އަދި ޖަސްޓިން ބީބާ…
ޖަސްޓިން ބީބާ އަދި ހެއިލީ މިހާރު ދަރިއަކު ބޭނުން!
ދެހާސް އަށާރަ ވަނަ އަހަރު ކައިވެނި ކުރި މަޝްހޫރު ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާ އަދި އޭނާގެ އަންހެނުން މޮޑެލް ހެއިލީ ބޯލްޑްވިންގެ ދެމަފިރިން މިހާރު ދަރިއަކު ބޭނުން ކަމަށް ހާމަކޮށްފިއެވެ.

ބޭރުގެ ނޫސްތަކަށް ދީފައިވާ އިންޓަވިއެއްގައި ޖަސްޓިން ބީބާ ބުނެފައިވަނީ މިހާރު އެންމެ ބޭނުންވަނީ އަމިއްލަ ދަރިޔަކު ލިބި ކުޑަ އާއިލާ އެއް ބިނާވެގެން ދާތަން ފެންނަން ކަމަށެވެ.

އެގޮތުން އަންނަ އަހަރު ދަރިއަކު ހޯދަން މަސައްކަތް ކުރާނެ ކަމަށް ވެސް ޖަސްޓިން ބީބާ ވަނީ ހާމަކޮށްފައެވެ.

މީގެ ކުރިން ބޭރުގެ ނޫސްތަކަށް ހެއިލީ ދީފައިވާ އިންޓަވިއެއްގައި ބުނެފައިވަނީ އޭނާ އަކީ އަބަދުވެސް ކުޑަ ކުދިން ދެކެ ލޯބިވާ މީހެއް ކަމަށާއި އެހެން ނަަމަވެސް މިހާރު އަމިއްލަ ދަރިއަކު ގޮވައިގެން އުޅެލަން ބޭނުންވާ ކަމަށެވެ.

މީގެ ކުރިން 2019 ވަނަ އަހަރުގެ ތެރޭގައި ހެއިލީ އަލަތު ދަރިފުޅަށް ބަނޑުބޮޑުވި ކަމުގެ އަޑުތައް މީޑިއާ ތަކުގައި ގަދަވިއެވެ. ނަމަވެސް އެއާއެކު ހެއިލީ އޭރު ވަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށް ހާމަކޮށްފައެވެ.

ހެއިލީ ކުރިން ބުނެފައިވަނީ ޖަސްޓިން ބީބާ އާ ކައިވެނި ކުރީ ވަރަށް ލޯބިން ކަމަށާއި އޭނާ އާއި ޖަސްޓިން ދިމާވީ ވަރަށް ޒުވާން ދުވަސްވަރުގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް