ads
ޝަހުމް އަދި ޝިމާޒް (ފޮޓޯ މޯލްޑިވްސް ޕޮލިސް ސަރވިސް)
އަހުސަންގެ މަރު: ހައިކޯޓު ހުކުމް މިއަދު
ދެހާސް އެގާރަވަނަ އަހަރު އައްޑު އަތޮޅު ހިތަދޫ އަހްސަން ބަޝީރަށް ހަމަލާދީ މަރާލި މައްސަލައިގައި، އިބްރާހީމް ޝަހުމް އާދަމާ، ހަސަން ޝިމާޒުގެ މައްޗަށް އުފުލާފައިވާ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާގެ ހުކުމް ހައިކޯޓުން މިއަދު އިއްވަން ތާވަލުކޮށްފިއެވެ.

މީގެ ދިހަ އަހަރު ކުރިން މާލޭގައި ހިންގި މި މި މާރާމާރީއާ ގުޅިގެން ދަށު ކޯޓުގައި އިބްރާހީމް ޝަހުމް އަދި ހަސަން ޝިމާޒްގެ މައްޗަށް ކުށް ސާބިތެއް ނުވިއެވެ. އެހެންނަމަވެސް މި މައްސަލައިގައި އެ ދެ މީހުންގެ މައްޗަށް ހައިކޯޓުންވަނީ ކުށް ސާބިތުވެފައެވެ. ދެ މީހުންގެ ޝަރީޢަތުގެ އަޑު އެހުންތައް މި ދިޔަ ހަފުތާ ތެރޭ ހައިކޯޓުން ނިންމާލާފައިވާއިރު، މި ދިޔަ ހަފުތާގައިވަނީ ކުށް ސާބިތުވާކަން ހައިކޯޓުގައި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައެވެ. 

މަރާލި އަހްސަން ބަޝީރުގެ ވާރިސުންގެ ބަސްވެސް ހައިކޯޓުންވަނީ މި ކަމުގައި މިހާރު ހޯދާފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވާރިސުން ބޭނުންވަނީ ގާތިލުންގެ ކިބައިން މަރަށް މަރު ހިފުމަށެވެ. ވާރިސުންބގެ ބަސް ހޯދުމުގެ ޝަރީއަތުގެ މަޖިލީސް ހައިކޯޓުން ކުރިއަށް ގެންދިޔައީ އާއްމުކޮށް ހުޅުވާނުލައެވެ. އެހެންނަމަެވސް ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން މައްސަލައިގެ ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލީސް ވަގުތުން ފޮނުވާނެ ކަމަށް ހައިކޯޓުން ބުންޏެވެ. ކުށް ސާބިތުވީ އަޑު އެހުންވެސް ހައިކޯޓުންވަނީ ވަގުތުން ފޮނުވާފައެވެ. މި މައްސަލައިގެ ޙުކުމް އިއްވުމަށް ހައިކޯޓުން ތާވަލުކޮށްފައިވަނީ މިއަދުގެ ދެގަޑަ ފަނަރައަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް