ads
ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު - ފޮޓޯ ރައްޔިތުންގެ މަޖިލިސް
ގޭގައި ތިބެ އޮންލައިންކޮށް ޓިކެޓް ނެގެން ޖެހޭނެ
ގޭގައި ތިބެ އިންޓަނެޓުން ޓިކެޓް ނެގެން ޖެހޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ފުޓްބޯޅަ އެސޯސިއޭޝަނާއި ކުޅިވަރު މިނިސްޓްރީއަށް ފާޑު ވިދާޅުވެއްޖެއެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅޭ މެޗުތަކުގެ ޓިކެޓްގެ ޑިމާންޑް ބޮޑުވެ ރާއްޖެ ކުޅޭ މެޗުތަކުގެ ޓިކެޓް ހޯދުމަށް ރައްޔިތުން އަންނަނީ ގިނަ ވަގުތުތަކެއް ހޭދަކުރަމުންނެވެ. ރާއްޖެއާ އިންޑިޔާ މާދަމާ ރޭ ކުޅޭ މެޗުގެ ޓިކެޓް ހޯދުމަށް ރޭ ދަންވަރުން ފެށިގެން މީހުން ކިޔު ހަދާފައިވާއިރު މެންދުރެއްހާއިރު ޓިކެޓް ހުސްވި ކަމުގެ ރިޕޯޓްތައްވެސް ލިބުނެވެ. އެއާއެކު ޓިކެޓް ވިއްކާ ސަރަހައްދުގައި ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރުގެ ވީޑިއޯއެއްގައި ޖާބިރުވަނީ ގޭގައި ތިބެ ޓިކެޓް ނެގެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ފަތިސް ނަމާދުކޮށްގެން ލިބޭ ގޮތަށް ހަދަންވީނު. އިންޓަނެޓުން ގަނެވެން ޖެހޭނެ. މާ ފަހަތުގައި މި މީހުން މި އުޅެނީ. އެކާވީސްވަނަ ގަރުނަށް ބަދަލުވާށޭ ބުނޭ. އަޅުވެތިކަން ދޫކޮށްލަމާ ހިނގާށޭ. ޓިކެޓް އެއްޗެހި ގޭގައި ތިބެ ނެގެން ޖެހޭނެ. ސްޕޯޓްސް މިނިސްޓަރު ޒިންމާ ކުރުވާނަން.

ރާއްޖެއާ އިންޑިޔާ މެޗުގެ ޓިކެޓް ޑިމާންޑް ބޮޑުވެ، މެންދުރެއްހާއިރުވެސް ދަންވަރުން ފެށިގެން ހަދާފައި އޮތް ކިއު ކުޑަ ނުވެއެވެ. ޓިކެޓް ވިއްކަމުން އައީ އެންމެ ތަނަކުންނެވެ. އެއީ ޒުވާނުންގެ މަރުކަޒެވެ. ދިހައެއް ޖެހިއިރު ޒުވާނުންގެ މަރުކަޒުގައި ޓިކެޓް ވިއްކަން ފެށިއިރު ކިއު އޮތީ ދަރުމަވަންތަ ހޮސްޕިޓަލާ ހިސާބުގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުރަތަމަ ޓިކެޓް ގަތް މީހާވަނީ އަށާރަ ގަޑިއިރު ކިއުގައި ހޭދަކޮށްފައެވެ.

25%
ކަމުގޮސްފި
75%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް