ads
ށ.ޅައިމަގު
ށ.ޅައިމަގުގައި ޕޮލިސް ޕޯސްޓެއް ޤާއިމު ކުރަނީ
ށ.ޅައިމަގުގައި ޕޮލިސް ޕޯސްޓެއް ޤާއިމު ކުރަން ނިންމައިފިއެވެ.

ށ.ޅައިމަގު ޕޮލިސް ޕޯސްޓެއް ގާއިމު ކުރުމަށްޓަކައި އިމާރާތެއް ކުއްޔަށް ހިފުމަށް ބޭނުންވެގެން ބީލަން ހުށަހެޅުމުގެ ދަޢުވަތު އެކަމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްްވުމަށްފަހު އީ-މެއިލް: [email protected] އަށް މެއިލްކޮށް އަދި [email protected] އަށް ކޮޕީ ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލްކުރެވޭނެ ކަމަށް އެކަމާއި ގުޅިގެން ފުލުހުން ކޮށްފައިވާ އިއުލާނެއްގައި ވަނީ ބުނެފައެވެ. 

ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2021 އޮކްޓޯބަރ 21 ވަނަ ދުވަހުގެ 14:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.

މި ޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން ނޯވެއެވެ. ބީލަން ހުޅުވުން އޮންނާނީ 2021 އޮކްޓޯބަރ 24 ވަނަ ދުވަހުގެ 11:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށި 1 ގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް