މަހްލޫފް މިހެން ވިދާޅުވެފައި މިވަނީ މިރޭ އޮތް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި ރާއްޖެއާ އިންޑިއާ ވާދަކުރާ މެޗުގެ ފޯރި އިތުރު ކުރަންކަމަށް ބުނެ ކާނިވާ ސަރަހައްދުގައި މިއުޒިކް ޝޯ އެއް ކުރިއަށް ގެންދަން ރާވައިފައިވާތީ ބައެއް ދީނީ އިލްމުވެރިން ފާޑުކިޔަމުން އަންނަ ދަނޑިވަޅެއްގައެެވެ.
އެކަމަށް ރައްދުދެއްވަމުން މަހްލޫފް ވިދާޅުވީ މިރޭ ބޮޑު ސްކްރީންގައި މެޗު ބެލުމާއެކު ކުރިއަށްގެންދަން ރާވާފައިވަނީ ބޮޑުބެރު ކަމަށެވެ.
އަންގާރަ ދުވަހު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބުދަ ދުވަހު ހަވީރުން ފެށިގެން ކާނިވަލުގަ މެޗު ބެލުން އަދި މިޔުޒިކް ޝޯވް ގެންދަން ރޭވިފައިވާ ކަމަށެވެ. އަދި ރާއްޖެ މެޗުން މޮޅުވެއްޖެނަމަ ފައިނަލް މެޗާ ހަމަޔަށް ކޮންމެ ރެޔަކު ޝޯވް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް މަހްލޫފް ވިދާޅުވެފައިވެއެވެ.