މުބާރާތުގެ ފައިނަލުގައި ނޭޕާލާ ވާދަކުރާނެ ޓީމެއް އެނގޭނީ މިރޭ ރާއްޖެއާ އިންޑިޔާ ކުޅޭ މެޗުގެ ނަތީޖާއިންނެވެ. ލީގު ބުރުގެ ފަހު މެޗުގައި މިރޭ ރާއްޖެއާ އިންޑިޔާ ވާދަކުރާ މެޗު އެއްވަރު ކޮށްލައިގެންވެސް ރާއްޖެއަށް ފައިނަލަށް ދެވޭނެއެވެ. އެކަމަކު ފައިނަލުގެ ފުރުސަތު ހޯދުމަށް އިންޑިޔާއަށް އޮތް ހަމަ އެކަނި މަގަކީ ރާއްޖެ ބަލިކުރުމުވެ.
މުބާރާތުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދި ނޭޕާލުންވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި ރާއްޖެ ބަލިކޮށްފައެެވެ. އެއީވެސް އެ ޓީމުގެ ތާރީޚުގައި ރާއްޖޭގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.