އިސްދޫ ބަނދަރު މަޝްރޫއުގެ ދަށުން، 31,820 (ތިރީސްއެއްހާސް އަށްސަތޭކަވިހި) ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 380 (ތިންސަތޭކަ އައްޑިހަ) މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 (ދުއިސައްތަ އަށް) މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 98 (ނުވަދިހައަށް) މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.
އަދި މީގެ އިތުރުން 1810 (އަށާރަސްތޭކަދިހަ) އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބްރިޖެއް އެޅުމާއި، ބަނދަރު ބައްތި އާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެ އެވެ.
މި މަޝްރޫއުއަކީ 34.79 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.