ads
އަތުލައިގަތް ހެރޮއިން
ސަތޭކައެއްހާ ކިލޯގެ ހެރޮއިންއާ އެކު 10 މީހުން ހައްޔަރުކޮށްފި
ސަތޭކަ އެއްހާ ކިލޯގެ ހެރޮއިންއާ އެކު 10 މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓާއި ޑްރަގް އިންޓެލިޖެންސާއި މެރިން ޕޮލިސް އަދި ފޮރެންސިކް ޓީމުން ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި 100 އެއްހާ ކިލޯގެ ހެރޮއިން އަތުލައިގަނެފައިވާ ކަމަށެވެ.

އެތަކެތި އަތުލައި ގަނެފައިވަނީ ދިހަ ތަނެއް ބަލައި ފާސްކުރުމަށްފަހު ކަމަށް ވެސް ސީޕީ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދިހަ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް