ads
ލެކިއުޓް 32 ވަނަ އަހަރީ ދުވަސް ފާހަގަކުރުން ފޮޓޯ:ލެކިއުޓް
ލެކިއުޓް: މެދުކެނޑުމެއްނެތި ކާމިޔާބު 32 އަހަރު އޮރިޖިނަލް ސެންޓުގެ މީރުވަހުން
މި އޮކްޓޯބަރ މަހުގެ ނުވަ ވަނަ ދުވަހު ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ފުޅާކޮށް ސެންޓުގެ ވިޔަފާރިކުރާ ކުންފުނި ކަމުގައިވާ ލެކިއުޓުންވަނީ ފަހުރުވެރި 32ވަނަ އަހަރު ފާހަގަ ކޮށްފަ އެވެ.

ލެކިއުޓްއިން މި މުނާސަބާ ފާހަގަ ކުރަނީ ލެކިއުޓްގެ ކަސްޓަމަރުންނާއި، މުވައްޒަފުން ބައިވެރި ވެގެން އެކި އެކި ހަރަކާތްތައް މެދުވެރި ކޮށެވެ.

ދަ ބިގް ގިވްއަވޭ

މި އަހަރީ ދުވަހުގެ މުނާސަބަތުގައި އެންމެ ގިނަ އިނާމްތައް ދިނުމަށް ހަމަޖެހިފައިވަނީ އިންސްޓަގްރާމް މެދުވެރި ކޮށް "ދަބިގް ގިވްއަވޭ"ގެ ނަމުގައި ފައްޓާ ސޯޝަލް މީޑިއާ ކޮންޓެސްޓަކުން ނެވެ. އެގޮތުން ތިން ނަސީބުވެރި ފަރާތްތަކަކަށް 2 އޮރިޖިނަލް ސެންޓުފުޅި (އަންހެން އަދި ފިރިހެން) ދިނުމަށް ވަނީހަމަޖެހިފައެވެ. މީގެ އިތުރުން ލެކިއުޓުން ލިބެންހުންނަ މަޝްހޫރު ބްރޭންޑްތަކުގެ މޭކްއަޕް އައިޓަމްތައް ވެސް މިހަދިޔާގެ ތެރޭގައި ހިމެނެ އެވެ.

your imageލެކިއުޓްގެ އަހަރީ ދުވަސް ފާހަގަ ކުރުން ކުރިއަށް ދަނީ

މިގިވްއަވޭ އިތުރަށް ހާއްސަވެގެން ދަނީ މީގައި ހިމެނޭ ދުނިޔެއަށް މަޝްހޫރު އަދި ރާއްޖޭގައި ވަރަށް މަގްބޫލް ބްރޭންޑުތަކުގެ އަގުހުރި ބޭގްތަކާއި ޓޮއިލެޓްރީސް ފަދަ ހަދިޔާތައް މިގިވްއަވޭގައި ހިމެނިގެން ދާނެތީކަމަށް ލެކިއުޓް އިން ބުނެ އެވެ. އަދިވެސްމީގައި ހިމެނޭ އިތުރު އިނާމެއްގެ ގޮތުން ލެކިއުޓުންވަނީ 500ރުފިޔާގެ ގިފްޓް ވައުޗަރއެއް މިތިން ނަސީބުވެރިންނަށް ލިބޭނޭކަމުގެ އުފާވެރި ހަބަރުވެސް ދީފަ އެވެ.

އެނިވަރސަރީ ސްޕެޝަލް ޕްރޮމޯޝަން

އެނިވަރސަރީއާއި ދިމާކޮށް ލެކިއުޓުން ވަނީ މަޝްހޫރު ސެންޓުގެ އައިޓަމްތަކަކުން 30 އިންސައްތަ އާހަމައަށް ލިބޭ ޑިސްކައުންޓް އަގުތަކެއް ހަމަޖައްސާފަ އެވެ. މިޑިސްކައުންޓު ލިބޭ ސެންޓުގެ ތެރޭގައި މިފަހުން ބާޒާރަށް ނެރުނު ކަސްޓަމަރުންގެ ތެރޭގައި ވަރަށް މަގުބޫލު ސެންޓުގެ އައިޓަމްތަކެއް ހިމެނެ އެވެ.

އަދި މީގެ އިތުރުން ލެކިއުޓުން ސެންޓުގެ ވިޔަފާރިކުރާ ހުރިހާފަރާތްތަކަށް ލެކިއުޓުންވިއްކާ މޭކަޕް އައިޓަމްތަކުގެ ތެރޭގައި ހިމެނޭ ފްލޯމަރ އަދި ގޯޝް ބްރޭންޑްގެ ޑިސްކައުންޓު ވައުޗަރ ދެމުންގެންދާނެ ކަމަށްވެސް ލެކިއުޓުން ވަނީ ބުނެފައެވެ.

މި ޕްރޮމޯޝަން ހިނގަމުންދާނީ އޮކްޓޯބަރު 20ގެ ނިޔަލަށް ލެކިއުޓުގެ ފިހާރައިން، ހޮޓްލައިން، ފޭސްބުކް، އިންސްޓާގުރާމް އަދި http://www.lecute.com/ ނެވެ.

ތާރީހުގެތެރެއިން:

ލެކިއުޓްގެ ތާރީހަށް ބަލާއިރު ފެންނަނީ އެހެން ފިހާރަތަކާ ތަފާތު ކަމެވެ. 1989 ގައި ހުޅުވުނު ލެކިއުޓް އަކީ ޓްރެންޑްތައް ތައާރަފް ކޮށްދެމުންދާ ފިހާރަ އެކެވެ. އޭރުގެ ފިހާރަތަކަށް ބަލާއަރު ޒަމާނީ ފެންވަރުގެ ބަދަލު ތަކަކާއި، ތަފާތުގޮތަކަށް ކަސްޓަމަރ ސަރވިސްދޭގޮތަށް ހުޅުވުނު ފުރަތަމަ ފިހާރައަކީވެސް ލެކިއުޓެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް ރާއްޖޭގައި އެސްކަލޭޓަރއެއް ބެހެއްޓި ފިހާރައަކީވެސް ލެކިއުޓް އެވެ. އަދި ރާއްޖޭގައި ފުރަތަމަފަހަރަށް ސެންޓު އުފައްދާ ކުންފުނިތަކުން ސީދާ އިންޕޯޓު ކޮށްގެން އޮރިޖިނަލް ސެންޓު ކަސްޓަމަރުންނަށް ފޯރުކޮށްދިނީވެސް ލެކިއުޓް އެވެ.

ލެކިއުޓް މިހާރު

ލެކިއުޓްގެ ދިގު ތާރީހުގައި ވަނީ ގިނަގުނަ ކާމިޔާބީ ތަކެއް ހާސިލް ކޮށްފައެވެ. މިހާރު ލެކިއުޓުން ވަނީ ވެބްސައިޓެއް ފަރުމާކޮށް ކަސްޓަމަރުންނަށް ހިދުމަތްދޭން ފަށާފަ އެވެ. މީގެ އިތުރުން ވައިބާ، ސޯޝަލް މީޑިއާ، އަދި ހޮޓްލައިންއެއް މެދުވެރިކޮށް ލެކިއުޓުން އެ ފިހާރައިގެ ކަސްޓަމަރުންނަށް ދަނީ ހިދުމަތް ދެމުންނެވެ. މުޅި ރާއްޖެއަށް ޑެލިވަރީގެ ހިދުމަތް ދެމުންގެންދާއިރު، މާލެއަށް އެހިދުމަތް ދެމުން ގެންދަނީ ހިލޭ އެވެ. މީގެ އިތުރުން ލެކިއުޓުންވަނީ ލޯޔަލްޓީ މެންބަރޝިޕް ކާޑެއް ތައާރަފް ކޮށްފަ އެވެ.

ލެކިއުޓްގެ ކުރިމަގު

ލެކިއުޓުން ވިސްނަނީ ކަސްޓަމަރ ފްރެންޑްލީ އަދި މަގްބޫލު ވެބްސައިޓަކަށް ލެކިއުޓް ވެބްސައިޓް ހެދުމަށެވެ. މީގެ އިތުރުން ލެކިއުޓްގެ އެޕްލިކޭޝަން އާއި މިހާރަށް ވުރެ ރަނގަޅަށް ލޯޔަލް ކަސްޓަމަރުންނަށް ދެވޭ ހިދުމަތްތައް ފުޅާކުރުމުގެ އިންތިޒާމެއް ހަމަޖެއްސުމަކީވެސް ލެކިއުޓްގެ އަމާޒުގައި ހިމެނިފައިވާ ކަންކަމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް