ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އދ. ދަނގެތި
ދަނގެތީގައި ވަޅެއްގެ ތެރޭގައި މަރާލާފައި އޮތް މީހަކު ފެނިއްޖެ
އދ. ދަނގެތީގައި ވަޅެއްގެ ތެރޭގައި މީހަކު މަރާލާފައި ގޯންޏަކަށްލާފަ އޮއްވާ ފެނިއްޖެއެވެ.
Advertisement

ގޯންޏަކަށްލާފައި އޮތް މީހަކު ވަޅެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެށިފައިވަނީ އުމުރުން 55 އަަހަރުގެ މަހުމޫދު އަބޫބަކުރު ކިޔާ މީހެކެވެ.

ދަނގެތީ ކައުންސިލް މެންބަރު ނައީމާ އަހުމަދު ސީއެންއެމް އަށް ވިދާޅުވީ މަހުމޫދު އޮތީ ވަޅުތެރެއަށް އެކޮޅުކޮޅުން ވައްޓާލާފައި ކަމަށެވެ. މިހާރު ފޮރެންސިކް ފުލުހުން އަނނާތީ އަދިވެސް އެމީހާ އޮތީ ވަޅުތެރޭގައި ކަމަށް ނައީމާ ވިދާޅުވީއެވެ. 

ކައުންސިލުން ބުނީ މަހުމޫދު ނުފެނިގެން ކައުންސިލަށް އަންގާފައިވަނީ މިއަދު ހެނދުނު 9:30 ހާއިރު ކަމަށާއި އެވަގުތުން ފެށިގެން ރައްޔިތުންނާއެކު ކައުންސިލުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ކަމަށް ކައުންސިލުން ބުންޏެވެ. އޭނާ ފެނިފައިވަނީ ރައްޔިތުން ނުކުމެ ހޯދަމުންދަނިކޮށް މިއަދު 3:30 ހާއިރު ފަޅުގެއެއްގެ ފެންވަޅުތެރެއިންނެވެ.

އެ ރަށުން ވާހަކަ ދެއްކި މީހާކު ސީއެންއެމްއަށް ބުނީ މަހުމޫދު ވަޅުތެރޭގައި އޮއްވާ ފެނުނީ އޭނާ ހޯދުމަށް ގްރޫޕުތަކަށް ބަހާލައިގެން މަސައްކަތް ކުރަމުންދަނިކޮށް މީހުން އުޅޭ ސަރަހައްދުގައި ހުރި ފަޅު ގެއެއްގެ ގިފިލީގައި ހުރި ވަޅެއްގެ ތެރެއިން ކަމަށެވެ.

"އޭނާ އޮތީ ގޯންޏަކަށް ލާފައި ވަޅުތެރެއަށް ވައްޓާލާފައި. ފެންނަނީ ފައިގެ އެއްބައި. ހޯދަމުންދިޔަ ބަޔަކަށް އެ ގޭގެ އިންތިޒާމުތައް ހުރި ގޮތުން ޝައްކުވެގެން ވަދެ ބެލީ. ބެލިއިރު އޮތީ ވަޅު ތެރޭގައި،" އޭނާ ބުންޏެ އެވެ.

އެކައުންސިލުން ބުނީ މިހާދިސާގެ ސަބަބުން މަހުމޫދުގެ އަންހެނުން މިހާރު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށެވެ. 

އަންހެނުންނާ ހަވާލާދީ ކައުންސިލުން ބުނީ ހަތަރު ކުދިންގެ ބައްޕަ މަހުމޫދު އެންމެ ފަހުން ފެނިފައިވަނީ ރޭގައި ކަމަށެވެ. ރޭ ފުޓުބޯޅަ މެޗު ބެލުމަށް ގެއިން ނުކުތް ފަހުން ފެނިފައި ނުވާ ކަމަށް މަހުމޫދުގެ އަންހެނުން ބުނެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

އެ ރަށަކީ މަސްތުވާތަކެތީގެ މައްސަލަ ވަރަށް ބޮޑު ރަށެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ރަށެކެވެ. އެރަށުގައި ދޭތެރެދޭތެރެއިން މަސްތުވާތަކެތީގެ މައްސަލަތައް ފެންމަތިވެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް