ads
ހިޔާ މަޝްރޫއުގެ ފްލެޓުތަކެއް-- ފޮޓޯ: ސީއެންއެމް
6 ލައްކަ ރުފިޔާގެ ފެން ބިލަކީ މި ކުންފުނިން ފޮނުވި ބިލެއް ނޫން: އެމްޑަބްލިއުއެސްސީ
ހިޔާ ފްލެޓަކަށް 6 ލައްކަ ރުފިޔާގެ ފެން ބިލެއް ފޮނުވި ކަމަށް ބުނާ ބިލަކީ އެމްޑަބްލިޔުއެސްސީގެ ފަރާތުން ފޮނުވާފައިވާ ބިލެއް ނޫންކަމަށް އެ ކުންފުނިން ބުނެފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތުރައްޤީ ކޮށްފައިވާ 1000 ހައުސިން ފްލެޓްތަކުގެ ތެރެއިން، ފްލެޓް ލިބިފައިވާ ފާރާތުގެ ފެން ބިލުތަކަށް އާދަޔާ ހިލާފަށް ބޮޑުކަމަށް އެތަނުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެކަމާއި ގުޅިގެން ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަަަކަތަކަށް ރައްދުދީ އެމްޑަބްލިއުއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނީ އެތަނުގައި ދިރިއުޅޭ މީހުންގެ ނަމަށް ފެން މީޓަރުގެ ރަޖިސްޓްރީ ބަދަލުކޮށް މިހާރު އެކުންފުނިން ބިލްކުރަމުންދާ ކަމަށާއި ނަމަވެސް، ފެން ބިލް އާދަޔާ ޚިލާފަށް ބޮޑުވެފައިވާކަން ފާހަގަކުރެވޭނަމަ، އެފްލެޓްއެއްގެ ވެރިފަރާތާއި ގުޅާ އެކަން އެފަރާތްތަކުގެ ސަމާލުކަމަށް އަންނަނީ ގެންނަމުން ކަމަށެވެ. 

"ފްލެޓްތަކުން ރީޑިންގް ނަގައި ބިލް ކުރަން ފަށާފައި ވީނަމަވެސް، އާދަޔާ ޚިލާފަށް ފެން ބިލް ބޮޑުވެފައިވާ ފްލެޓްތަކަށް ބިލް ކޮށްފައި ނުވާނެ ވާހަކަ ދަންނަވަމެވެ. ވުމާއިއެކު، މިހާރު މީޑިއާގައި ދައުރުވަމުން އަންނަ 6 ލައްކަ ރުފިޔާގެ ފެން ބިލު ކަމަށް ބުނާ ބިލަކީ އެމްޑަބްލިޔުއެސްސީގެ ފަރާތުން ފޮނުވާފައިވާ ބިލެއް ނޫންކަން ހުރިހާ ފަރާތްތަކުގެ މަޢުލޫމަތަށްޓަކައި ދަންނަވަމެ" އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. 

ހިޔާ ޔޫނިންއަންގެ ފަރާތުން ސީއެންއެމްއަށް މައުލޫމާތު ދީފައިވާ ގޮތުގައި ހިޔާ ފްލެޓުތަކުގެ ބައެއް ފްލެޓުތަކަށް އެމީހުން އެތަނުގައި ދިރިއުޅެން ނުފަށަނީސްވެސް ލައްކައަށްވުރެ ގިނައިން ފެން ބިލަށް އަރާފައިވެއެވެ. ނަމަވެސް އެކަން އެގޮތަށް ވެފައިވަނީ އެތަނުގެ ފެން ހޮޅިތަށް ފަޅައިގެން ގޮސް ފެން ލީކުވާތީ ކަމަށާއި، އެއީ އެމްޑަބްލިއުއެސްސީގެ މައްސަލައެއް ނޫން ކަން ހިޔާ ޔޫނިއަންއިން ފާހަގަކުރެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ ފެން ބިލުގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވޭނަމަ، އެކުންފުނީގެ ހޮޓްލައިން ނަމްބަރު 105 މެދުވެރިކޮށް އެކަން އެކުންފުނީގެ
ކޯލް ސެންޓަރަށް ހުށައެޅުއްވުމަށް އެދޭ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް