ސީއެންްއެމްއަށް މައުލޫމާތު ދެއްވަމުން ދަނގެތި ކައުންސިލުން ބުނީ އޭނާއަކީ މީގެ ކުރިން ހައްޔަރުކުރި ދެމީހުންނާއި ގުުޅުން އޮންނަ މީހެއް ކަމަށެވެ.
މީގެ ކުރިން ރަށުގެ ރައްޔިތުން ފުލުހުންނާއި ހަވާލުކޮށްފައިވަނީ މީގެ ތިން މަހެއްހާ ދުވަސް ކުރިން ތޮއްޑޫން އެ ރަށަށް ދިޔަ ދެ މީހެކެވެ.
މައުލޫމާތު ލިބޭގޮތުން މި އަންހެން މީހާ އަކީ އޭގެތެރެއިން އެކަކާއި ލޯބީގެ ގޮތުން ގުޅުމެއް އޮންނަ މީހެކެވެ. ކައުންސިލުން ބުނީ އޭނާގެ ލަފާކުރެވޭގޮތުގައި އެއީ އުމުރުން 25 އަހަރުގެ މީހެއް ކަމަށެވެ.
މަހުމޫދު ނުފެނިގެން ކައުންސިލަށް އަންގާފައިވަނީ މިއަދު ހެނދުނު 9:30 ހާއިރުއެވެ. އެވަގުތުން ފެށިގެން ރައްޔިތުންނާއެކު ކައުންސިލުން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ދަނިކޮށް އޭނާ ފެނިފައިވަނީ މިއަދު 3:30 ހާއިރު ފަޅުގެއެއްގެ ފެންވަޅުތެރެއިންނެވެ.