ads
ކަނޑޫދޫ ދަނޑުވެރިންނާ ރައީސް ބައްދަލުކުރައްވަނީ--ފޮޓޯ:ރައީސް އޮފީސް
ރައީސް މިއަދު ކަނޑޫދޫއަށް ވަޑައިގަންނަވަނީ
ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތ ކަނޑޫދޫއަށް ވަޑައިގަންނަވާނެ އެވެ.

މިއީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެކެވެ. 

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް ގައުމީ ފެންވަރުގައި ހަމަޖެހިފައިވަނީ ތ ކަނޑޫދޫގައެވެ.

your imageކަނޑޫދޫ މިރުސް ދަނޑެއް--

ދަނޑުވެރިންގެ ދުވަހާއި ގުޅިގެން ކަނޑޫދޫގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް ދަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި އެގްރޯ ކުންފުނީގެ ފަރާތުން ކާބޯތަކެތީގެ ހާއްސަ މައުރަޒެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

މި ދުވަހާއި ގުޅިގެން އެގްރޯ ކުންފުނީގެ ފަރާތުން ދަނޑުވެރިންނަށް ހާއްސަކޮށްގެން " ދަނޑުވެރިޔާ " ގެ ނަމުގައި ފޮތެއް ނެރުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން މައުލޫމާތު ދެއްވި އެވެ.

ކަނޑޫދޫގައި އެގްރޯ ކުންފުނީގެ ކޮންޓްރެކްޓަރުންނާއި އެކު ހާއްސަ މުޑުވައް ކުރުމުގެ ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައި ވާއިރު ސްކޫލް ގާޑަނިން ޕްރޮގްރާމެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ދަނޑުވެރިންގެ ދުވަސް މިފަހަރު ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ހަމަޖެހިފައިނީ ތ ކަނޑޫދޫގައެވެ. ކަނޑުދޫއަކީ ރާއްޖޭގައި ގިތެޔޮ މިރުސް ހެއްދުމުގައި އެންމެ މަޝްހޫރު އެއްރަށެވެ. ކަނޑޫދޫ މިރުހަށް އޮންނަ ޑިމާންޑް ދުވަހެއް ދުވަހަކަށް ދަނީ މަތި ވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް