ads
މަހުމޫދުގެ މަރަށް ފަހު އދ. ދަނގެތި
މަހުމޫދުގެ ޖަނާޒާ ބާއްވައިފި
އދ ދަނގަތީގައި ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މަހުމޫދު އަބޫބަކުރުގެ ޖަނާޒާ ބާއްވައިފިއެވެ.

މަހުމޫދުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު އަސްރު ނަމާދަށް ފަހުގައެވެ. މަހުމޫދުގެ ޖަނާޒާގައި އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

މަހުމޫދު ހަށިގަނޑުގެ އިތުރު ތަހުލީލު ތައް ކުރުމަށް މިއަދު ވަނީ މާލެ ގެންގޮސްފައެވެ. ތަހުލީލުތަކަށް ފަހު ހަށިގަނޑު ދަނގެއްޗަށް ގެންދިޔައީ މެންދުރު ފަހު ދޭއް ޖެހިއިރުއެވެ.

އުމުރުން 57 އަހަރުގެ މަހުމޫދު މަރާލާފައި އޮއްވައި ފެނުނީ، އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި އެރަށުގެ ފަޅު ގޯއްޗެއްގައި ހުރި ފެން ވަޅެއްގެ ތެރެއަށް ވައްޓާލައިފައި އޮއްވައެވެ.

މަހުމޫދުގެ ވައިނޮޅީގެ ދެފަރާތަށް ވަނީ ވަޅި ޖަހާފައިވާއިރު ބޮލުގެ އެތައް ތަނަކަށް ވެސް ތޫނު އެއްޗެއް ހަރާފައި ހުއްޓެވެ. އެތަންތަނުގެ ފުންމިން ބޮލުގެ ނާށިގަނޑާ ހަމަޔަށް ހުރި ކަމަށް މައުލޫމާތުލިބެއެވެ. 

މަހުމޫދުގެ މަރުގެ އެންމެ ބޮޑު ތުހުމަތެއް ކުރެވެނީ ތޮއްޑޫ ބަޔަކަށެވެ. އެތަނުން އެއް ޒުވާނަކީ ތޮއްޑު އާއި ދަނގެއްޗަށް ނިސްބަތްވާ ޒުވާނެކެވެ. އަނެއް ޒުވާނާއަކީ ތޮއްޑޫ ޒުވާނެކެވެ. އެ ދެ ޒުވާނުންނަކީވެސް ވަރަށް އެކުގައި އުޅޭ ދެ ޒުވާނުން ކަމަށް މައުލޫމާތު ލިބެއެވެ.

މަހުމޫދު މަރާލި މައްސަލަ ތަހުގީގުކުރުމަށް ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހާއްސަ އިންވެސްޓިގޭޝަން ޓީމަކުން މިހާރު ދަނީ އެ ރަށުގައި ހަރަކާތްތެރިވަމުންނެވެ. އެ ތަހުގީގު ކުރިއަށްގެންދަނީ ހުރިހާ ކަމަކަށް ސަމާލުވެ މި ލާއިންސާނީ އަމަލު ހިންގުމުގައި ބައިވެރިވި ކުށްވެރިން ހައްޔަރު ކުރުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް