ads
އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ---
މަހުމޫދު މަރާލި މީހުންނަށް އެންމެ ހަރުކަށި އަދަބު ދިނުމަށް އިދިކޮޅުން ގޮވާލައިފި
އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެރަށު މަހުމޫދު އަބޫބަކުރު މަރާލުމުގައި ބައިވެރިވެފައިވާ ފަރާތްތައް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
Advertisement

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ދަނގެތީގައި ވަރަށް ރަހުމު ކުޑަ ގޮތަކަށް އެރަށުގެ ވިޔަފާރި ވެރިޔެއް ކަމަށްވާ މަޙަމުދު އަބޫބަކުރު މަރާލާ ފަޅު ގެއެއްގެ ވަޅަކަށް އެއްލާލާފައިވާ މައްސަލައިގެ ކަންބޮޑުވުން އެ ކޯލިޝަނުން ފާޅު ކުރަނީ ބިރުވެރިކަމާއެކު ކަމަށެވެ.

މަހުމޫދު އަނިޔާވެރި ގޮތަކަށް މަރާލުމުގެ ފަހަތުގައިވާ ސަބަބުތައް ހޯދުމަށާއި، އެ އަމަލު ހިންގުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ މަސައްކަތް އަވަސް ސްޕީޑެއްގައި ކޮށް، އެފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ. 

އަދި ދަނގެއްޗަށް ކުރިމަތިވެފައިވާ ބިރުވެރިކަމުން އެ ރަށުގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަވަސް ކުރުމަށްވެސް ގޮވާލާފަވެއެވެ.

މަޙުމޫދުގެ ޢާއިލާ އަށާއި ދަނގެތީ ރައްޔިތުންނަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި އެކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވާ ކަމަށެވެ.

 އަދި އެ އާއިލާއާއި ދަނގެތީ ރައްޔިތުންނަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމާއި އެކޯލިޝަންގެ ލީޑާރޝިޕާއި، އެކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ފޮނުވާފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް