ads
ޑޭވިޑް އެމިސް
އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލިސް މެމްބަރަކަށް ވަޅިން ހަމަލަ ދީފި
އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލިސް މެމްބަރަކަށް ވަޅިން ހަމަލަ ދީފިއެވެ.

ރާއްޖޭގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގާތް ގުޅުމެއް އޮންނަ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރަށް ހަމަލާ ދީފައިވަނީ ލަންޑަންގެ އިރުމަތީ ސަރަހައްދެއްގައި އޭނާގެ ދާއިރާގެ މެންބަރުންނާ ބައްދަލު ކުރައްވަމުން ގެންދަވަނިކޮށެވެ. މިއީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ނިސްބަތްވާ ޕާޓީއެވެ. 

އެސެކްސްގެ ސައުތު ވެސްޓް ތަމަސީލު ކުރައްވާ ޑޭވިޑް އެމެސް 69އ ޒަހަމް ކޮށްލާފައިވަނީ މެތޮޑިސްޓް ޗާޗްގައި ބައްދަލު ވުމެއް ކުރިއަށް ދިޔަ ވަގުތު މިއަދު މެންދުރު ކަމަށް އޭނާގެ ވެސްޓް މިނިސްޓަ އޮފީހުން ބުނާ ކަމަށް ސީއެންއެން އިން ބުނެއެވެ.  

އެސެކްސްގެ ފުލުހުން ބުނާ ގޮތުގައި މިކަމާ ގުޅިގެން އެކަކުވަނީ ފުލުހުންގެ ބެލުމުގެ ދަށާށް ގެނެވިފައެވެ. އަދި ވަޅިއެއްވެސް އަތުލައިގަނެފައިވާ ކަމަށް ފުލުހުނާ ހަވާލާދީ ސީއެންއެން އިން ބުނެއެވެ.

މިކަމާ ގުޅިގެން އެގައުމުގެ އިދިކޮޅު މައިޕާޓީގެ ލީޑަރު ވިދާޅުވީ މިހަބަރު ލިބިވަޑައިގަތުމުން ކުއްލި ހައިރާންކަމެއް ލިބިވަޑައިގަތް ކަމަށެވެ. އަދި ލަންޑަންގެ މޭޔަރު ސާދިގް ހާން ވިދާޅުވީ މިއީ ހަގީގަތުގައިވެސް ހިތާމަވެރި ހަބަރެއް ކަމަށާއި މިހިތާމަވެރި ދަނޑިވަޅުގައި ޑޭވިޑް އެމެސް އާއި އާއިލާ އަދި ޖަމާއަތަށް ހެޔޮދުއާ ކުރާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް