ads
އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ވަނީ މަރާލާފައި
ވަޅިން ހަމަލާދީ އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލިސް މެމްބަރަކު އަވަހާރަކޮށްލައިފި
އިނގިރޭސިވިލާތުގެ ގާނޫނުހަދާ މަޖިލިސް މެމްބަރަކަށް ވަޅިން ހަމަލަދީ މަރާލައިފިއެވެ.

ރާއްޖޭގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާ ގާތް ގުޅުމެއް އޮންނަ ކޮންޒަވޭޓިވް ޕާޓީގެ މެމްބަރަށް ހަމަލާދީ އަވަހާރަ ކޮށްލާފައިވަނީ ލަންޑަންގެ އިރުމަތީ ސަރަހައްދެއްގައި އޭނާގެ ދާއިރާގެ މެންބަރުންނާ ބައްދަލު ކުރައްވަމުން ގެންދަވަނިކޮށެވެ. މިއީ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވެސް ނިސްބަތްވާ ޕާޓީއެވެ. 

your imageޑޭވިޑް އެމިސް

ހަބަރުތައް ބުނާ ގޮތުގައި އޭނާ އަށް ހަމަލާ ދީފައިވަނީ ބައްދަލު ވުމަށް ހިނގާފައި ވަދެއެވެ. 

އެސެކްސްގެ ސައުތު ވެސްޓް ތަމަސީލު ކުރައްވާ ޑޭވިޑް އެމެސް 69އ ޒަހަމް ކޮށްލާފައިވަނީ މެތޮޑިސްޓް ޗާޗްގައި ބައްދަލު ވުމެއް ކުރިއަށް ދިޔަ ވަގުތު މިއަދު މެންދުރު ކަމަށް އޭނާގެ ވެސްޓް މިނިސްޓަ އޮފީހުން ބުނާ ކަމަށް ސީއެންއެން އިން ބުނެއެވެ.  

އެސެކްސްގެ ފުލުހުން ބުނާ ގޮތުގައި މިކަމާ ގުޅިގެން 25 އަހަރުގެ މީހަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފަ އެވެ. އަދި ވަޅިއެއްވެސް އަތުލައިގަނެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ސީއެންއެން އިން ބުނެއެވެ.

މިކަމާ ގުޅިގެން އެގައުމުގެ އިދިކޮޅު މައިޕާޓީގެ ލީޑަރު ވިދާޅުވީ މިހަބަރު ލިބިވަޑައިގަތުމުން ކުއްލި ހައިރާންކަމެއް ލިބިވަޑައިގަތް ކަމަށެވެ. އަދި ލަންޑަންގެ މޭޔަރު ސާދިގް ހާން ވިދާޅުވީ މިއީ ހަގީގަތުގައިވެސް ހިތާމަވެރި ހަބަރެއް ކަމަށާއި މިހިތާމަވެރި ދަނޑިވަޅުގައި ޑޭވިޑް އެމެސް އާއި އާއިލާ އަދި ޖަމާއަތަށް ހެޔޮދުއާ ކުރާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް