
މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދީމާ ދަތުރުކޮށްފައިވަނީ، 15 އަހަރުން ދަށުގެ ބައިންނެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޕާކިސްތާންގެ ހޫރު ފަވާދުގެ މައްޗަށް ދީމާ ކުރި ހޯދީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމް ދީމާ ކާމިޔާބު ކުރީ 11-8 އިންނެވެ. ދެ ވަނަ ގޭމް ކާމިޔާބު ކުރީ 11-4 އިންނެވެ. ތިން ވަނަ ގޭމް ކާމިޔާބު ކުރީ 11-9 އިންނެވެ.
ދެ ވަނަ މެޗުގައި އުޒްބެކިސްތާންގެ ޑިޔޯރާ ޓޮޝްޕުލާޓަވާއާ ދެކޮޅަށް ވެސް ދީމާ މެޗު ކާމިޔާބު ކުރީ ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމް ކާމިޔާބު ކުރީ 12-10 އިންނެވެ. ދެ ވަނަ ގޭމް ކާމިޔާބު ކުރީ 11-8 އިންނެވެ. ތިން ވަނަ ގޭމް ކާމިޔާބު ކުރީ 11-5 އިންނެެވެ.
ދީމާއަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. ދުނިޔޭގެ ޓީޓީ ރޭންކިންގެ 15 އަހަރުންދަށުގެ އަންހެން ކުޅުންތެރިންގެ ބައިގައި ދީމާ މިހާރު ހިމެނެނީ 11 ވަނައިގައެވެ. މީގެކުރިން ދީމާ ވަނީ 8 ވަނައިގައި ވެސް ހިމެނިފައެވެ. މިއީ ރާއްޖޭގެ ތާރީހުގައި ރޭންކިންގެ ގަދަ 10 އަށް ފުރަތަމަ ދިވެހި ކުޅުންތެރިޔާ އެވެ.
ދީމާ އެންމެ ފުރަތަމަ ވިދާލީ 2016 ވަނަ އަހަރު މެލޭޝިއާގައި ބޭއްވި މުބާރާތެއްގެ 11 އަހަރުންދަށުގެ އުމުރުފުރާއިންނެވެ. އެފަހަރު އޭނާ ވަނީ ވަރުގަދަ ގިނަ ކުޅުންތެރިންތަކެއް ބަލިކޮށްފައެވެ. އެއަށްފަހު ދީމާ ވަނީ ސްރީ ލަންކާގެ ޖޫނިއާ ނެޝަނަލް ޓޭބަލް ޓެނިސް މުބާރާތުގެ 10 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދާފައެވެ.
މީގެއިތުރުން އުމުރުން އެންމެ 11 އަހަރުގައި އޭނާ ވަނީ 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލޭންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ހޯދާފައެވެ.