ads
ކްރިތީ އާއި ކާތިކް..
ކާތިކް އާއި ކްރިތީގެ އާ ފިލްމަކީ "ޝެހެޒާދާ"
ރޯހިތު ދަވަން ޑައިރެކްޓްކުރާ ފިލްމު "ޝެހެޒާދާ" ގެ ލީޑު ރޯލުން ފެންނާނީ ކާތިކް އާރިޔާން އާއި ކްރިތީ ސެނަން ކަން އިއުލާނު ކޮށް ފިލްމުގެ ޕޯސްޓަރެއް ދައްކާލައިފިއެވެ.

އެ ފިލްމުގެ ޕޯސްޓަރާއެކު ފިލްމު ސިނަމާތަކަށް ގެންނާނު ތާރީހު ވެސް މިވަނީ އަންގާފައެވެ. އެގޮތުން ފިލްމު އަޅުވާނީ އަންނަ އަހަރުގެ ނޮވެމްބަރު ހަތަރެއް ގައެވެ.

ކާމިޔާބު ފިލްމު "ލުއްކާ ޗުއްޕީ" އިން އެކުގައި ފެނުނު ދެ ތަރިންގެ އާ ފިލްމުގެ ޝޫޓިން ފަށަން ތައްޔާރީތައް ވަމުން އަންނަ އިރު އެ ފިލްމަކީ މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުންގެ މިދިޔަ އަހަރުގެ ކާމިޔާބު އެކްޝަން ޑްރާމާ "އާލާ ވައިކުންތަޕުއްރަމުލޫ" އަސްލަކަށް ބަލައިގެން ހަދާ ފިލްމެކެވެ.

ހަބަރުތަކުން ބުނާ ގޮތުގައި އެ ފިލްމުން ދެން ފެންނާނީ  މަނީޝާ ކޮއިރަލާ އާއި ޕަރޭޝް ރާވަލް ފަދަ ތަރިންނެވެ.

"ޝެހެޒާދާ" ވެގެން ދާނީ ރޯހިތުގެ ތިން ވަނަ ޑައިރެކްޝަނަށެވެ. ކުރިން އޭނާ ގެނެސްދިނީ "ދޭސީ ބޯއީޒް" އާއި "ޑިޝޫމް" އެވެ.

ކާތިކް އާއި ކްރިތީގެ ފާހަގަ ކޮށްލެވޭ މަސައްކަތްތަކެއް ކުރިއަށްވެސް ރިލީޒްވާން ހުރިކަން ފާހަގަކޮށްލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް