
ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް، ރޭ ރ.ކަނޑޫޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ހުސައިން ވިދާޅުވީ ދަޑުވެރިކަމަށް އިތުރު ރަށްރަށް ދޫކުރުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ދޫކުރާ ފަސް ރަށެއް ވަރަށް އަވަހަށް އިއުލާނު ކުރާނެކަމަށްވެސް ވިދާޅުވިއެވެ. މިހާރުވެސް ރާއްޖޭގައި ދަނޑުވެރިކަމަށް ހާއްސަކޮށް 50 އަށްވުރެއް ގިނަ ރަށް ދޫކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
އެގޮތުން ރައީސްގެ ވާހަކަފުޅުގައިވަނީ، ރާއްޖޭގައި އޯގަނިކް ފާރމިން އަށް ޑިމާންޑް އޮތްކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ރާއްޖޭގައި ދަނޑުވެރިކަން ކުރާއިރު، ބޭނުންކުރާ ބައެއް ކެމިކަލްތަކުގެ ސަބަބުން، އެކިކަހަލަ ބަލި ފެތުރެމުންދާ ކަމަށާއި، އެކަމާއި ގުޅޭގޮތުން، މޯލްޑިވްސް ޔުނިވާރސިޓީ އާއި ގުޅިގެން ދިރާސާއެއް ހެދުމުގެ މަސައްކަތް އެބަ ކުރިއަށްދާ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ތ.ކަނޑޫދޫއަށް ކުރައްވާ ދަތުރުފުޅުގައި، ދަނޑުވެރިކަމަށް ހާއްސަކޮށްގެން އެގްރޯނެޓުން ތައްޔާރުކޮށްފައިވާ " ދަނޑުވެރިޔާ " އަތްމަތީ ފޮތްވެސް އިފްތިތާހު ކޮށްދެއްވާފައިވެއެވެ.