ads
ކަނޑުވެ ގެއްލިގެންހޯދާ ކުޑަ ކުއްޖާ…ފޮޓޯ/ސޯޝަލް މީޑިއާ
މާކަނޑުތެރެއިން ކުއްޖާ ސަލާމަތުން ފެންނާނެ ކަމުގެ އުންމީދުގައި މުޅި ގައުމު!
މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ސަން ސިޔާމް އޮޅުވެލިފުށި ކައިރިއަށް ކަނޑުވެ ހިނގާ ދިޔަ ހިތާމަވެރި ހާދިސާ އިން މުޅި ގައުމު މިވަނީ ހަމަ ހިމޭންކޮށްލާފައެވެ. އެ ހާދިސާގައި އަންހެނަކު މަރުވި އިރު މަރުވި މީހާގެ ކުޑަ ހަތަރު އަހަރުގެ ދަރިފުޅު ވެސް ކަނޑުވެ ވަނީ ގެއްލިފައެވެ.

މިއަދު ހަވީރު 17:10 ހާއިރު އެ ހާދިސާ ހިނގި އިރު އެ ލޯންޗުގައި 12 މީހުން ތިއްބެވެ. އޭގެ ތެރެއިން އަންހެނަކު މި ދުނިޔެ އާއި މުޅި އުމުރަށް ވަކިވި އިރު އޭނާގެ ކުޑަ ހަތަރު އަހަރުގެ ދަރިފުޅު އަދިވެސް މާސިންގާ ކަނޑު ތެރެއިން ނުފެނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ލޯންޗު ކަނޑުވީ ޖެހި ބޮޑު ރާޅާކާއެކު އެވެ. އެވަގުތު އެ ކުޑަ ކުއްޖާވެސް ސަތަރި ގަނޑު ފަޅައިގެން ގޮސް ކަނޑު ތެރެއަށް ވެއްޓުނު ކަމަށް މައުލޫމާތު ލިބެއެވެ.

އެ ހަބަރު ރިޕޯޓް ކުރުމާއެކު އެމްއެންޑީއެފްގެ ކޯސްޓު ގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވެ އެ ކުޑަ ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރަމުންނެވެ. 

ރޭގަނޑުގެ ކަނު އަނދިރީގައި މާސިންގާ ކަނޑުގައި އެ ކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނަ އިރު އެ ކުއްޖާ ފެނިފައި ނުވާތީ އެމްއެންޑީއެފުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދި އެ ކުއްޖާ ފެނިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އަންގައިދިނުމަށް ވެސް އެދިފައެވެ.

މިހާދިސާގައި ގެއްލުނު ކުއްޖާ އެންމެ ފަހުން ލައިގެން ހުރިކަމަށް މައުލޫމާތު ލިބެނީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އެންމެއެންޑީއެފުން ބުނެއެވެ.

މޫސުން ގޯސްވެ ކަނޑު އިންތިހާއަށް ގަދަވެފައިވާ ދަނޑިވަޅެއްގައި މިއަދު ހިނގާދިޔަ ހިތާމަވެރި ހާދިސާގައި ކަނޑުވެގެން މަންމަ މަރުވި އިރު އޭނާގެ ލޯބިވާ ދަރިފުޅު، މާ ކަނޑުތެރެއިން ސަލާމަތުން ފެންނާނެ ކަމުގެ އުންމީދުގައި މުޅި ރާއްޖެ އޮތީ ހަމަހިމޭންކަމެއްގައި ހެޔޮ ދުއާ ކޮށްކޮށެވެ.

ކަނޑުގެ ބިޔަ ރާޅުތަކު ތެރޭ މަންމަ ދުނިޔެއާއި ވަކިއިރު ކުޑަ ދަރި ފެންނާނެ ކަމަށް ބައްޕަ އާއި އާއިލާވެސް ތިބީ އިންތިޒާރުކޮށްގެންނެވެ.

މިއަދުގެ މި ހާދިސާއިން ދިވެހިންގެ ހިތުގައި ކަނޑު މަތީގައި ހިނގާފައިވާ މިފަދަ ކޮންމެ ނާންމާ އެތައް ހާދިސާތަކެއް ބިންވަޅު ނެގެއެވެ. 

5%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
88%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް