ads
ހުޅުމާލޭ ފޭސް 2ގެ ސަފާރީތައް އަޅާފަ އޮންނަ ސަރަހައްދު--
ވަލެއް ކަނޑައިގެން ގޮސް ސަފާރީއެއް ލައްވަނީ
ފޭސް 2 ފަޅުތެރެއިން ސަފާރީއެއްގެ ވަލެއް ކަނޑައިގެން ގޮސް ލައްވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ހުޅުމާލެ ފޭސް 2 (ފަރުކޮޅުފުށި ފަޅުތެރެއިން) ސަފާރީއެއްގެ ވަލެއް ކަނޑައިގެން ގޮސް، ލައްވަމުން ދަނީ އެ ސަރަަހައްދުގެ ތޮއްޓަށެވެ.

އެމްއެންދީއެފުން ބުނީ އެ ސަރަހައްދުގައި މިހާރު ކޯސްޓުގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ. ނަމަވެސް އިިތުރު މައުލޫމާތެއް އަދި ހާމައެއް ނުކުރެއެވެ. 

ފަރުކޮޅުފުށި ފަޅުތެރެއިން ސަފާރީއެއްގެ ވަލެއް ކަނޑައިގެން ގޮސް ތޮއްޓަށް ލައްވަމުންދާއިރު މިއަދު ވަނީ މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިއަށް ގޮސް ކަނޑަށް ވެއްޓުނު އެކަކު މަރުވެފައެވެ. މަރުވި އުމުރުން 33 އަހަރުގެ އަންހެން މީހާގެ ހަތަރު އަހަރުގެ ދަރިފުޅު އެ ހާދިސާގައި ގެއްލިގެން އެމްއެންޑީއެފުން ދަނީ އެކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. 

ކުރިއަށް އޮތް ތިން ދުވަހަށް މޫސުން ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމަށް ލަފާކޮށް އެމްއެންޑީއެފުންނާއި މެޓުން ދަނީ ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަމުންނެވެ.

17%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް