ads
ސާޖިންގެ ފަޔަށް ފަރުވާ ދެނީ. ސާޖިން އެޑްމިޓްކޮށްފައި އޮތީ ޓްރީޓޮޕް ހޮސްޕިޓަލްގައި؛ ފޮޓޯ؛ މިހާރު
ޒުވާން މަސްވެރިޔާ، ސާޖިން ގެ ފައި ބިނދިއްޖެ
ސަފާރީއެއް ސަލާމަތް ކުރަން އުޅެނިކޮށް، ޒުވާން މަސްވެރިޔާގެ ނަމުން މުޅި ރާއްޖެއަށް މަޝްހޫރު ވެފައިވާ، ހަސަން ސާޖިން ގެ ފައި ބިނދިއްޖެއެވެ.
Advertisement

ސާޖިންގެ ފައި ބިނދުނީ ހުޅުމާލޭގެ ދެވަނަ ފޭހާ ދިމާލުން ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް ތޮށިގަނޑަށް ލައްވާތީ، އެ ސަަފާރީ ސަލާމަތްކުރަން ރޭ ދަންވަރު ކުރި މަސަައްކަތުގެ ތެރޭގައި ވިއްސައިގެން ދިޔަ ވަލަކުން ޖެހިގެންނެވެ.

އެ ވަލުން ޖެހިފައި ބިންދައިގެން ދިޔަ ދެ ތަނުން މަސްގަނޑު ފަޅައިގެން ގޮސް ކަށިގަނޑު ބޭރަށް ވަނީ ނިކުމެފައެވެ.

ސާޖިން އެެޑްމިޓްކޮށްފައި އޮތީ، ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ. 

ސަފާރީ ސަލާމަތް ކުރަން އޭނާ މާލެ އިން ހުޅުމާލެ އަށް ދިޔައީ އެ ސަފާރީ ތޮށިގަނޑަށް ލައްވެދާނެ ކަމުގެ ބިރު ހީވެގެން މަސްދޯނިފަހަރުތަކުގެ އެހީތެރިކަން ހޯދައި ދޭޭން އެދި އޭނާ އަށް ބަޔަކު ގުޅުމުން ރޭ ދަންވަރު 12 ޖަހާކަން ހާއިރު އެވެ. އެ ފޯނު ކޯލް ލިބުމާއެކު، ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި ހުރި އެކިއެކި މަސްދޯނިފަހަރުގެ މީހުންނާ އޭނާ ވާހަކަ ދެއްކި ނަމަވެސް އޮޑިވެރިންގެ ހުއްދަ ނުހޯދައި ސަފާރީ ކަފުޖަހަން މަސްވެރިން އުޒުރުވެރިވި އެވެ.

އެންމެފަހުން ސަފާރީ ކަފު ޖަހައިދޭން އެއްބަސްވީ އެންސިސް އިން ދުއްވާ ދޯންޏަކުންނެވެ. އެ ދޯނީގައި ސާޖިންވެސް ދިޔައެވެ. 

 މި މަސައްކަތް ކުރުމުގެ ތެރޭގައި ސާޖިންގެ ފައި ބިއްދައިގެން ދިޔައީ، ސާފާރީން އެއްލި ވަލަށް ވަަރަށް ވާން ވެފައި ހުއްޓާ އަނެއް ކޮޅުން ނައްޓާލައިގެން އައިސް އޭނާގެ ފައިގައި ޖެހިގެންނެވެ. 

ސާޖިން އަކީ ޒުވާނުން މަސްވެރިކަމުގެ ތެރެއަށް ވަނުމަށް ހިތްވަރުދީ މަސްވެރިކަން ޕްރޮމޯޓް ކުރަމުން އަންނަ ޒުވާނެކެވެ. މަސްވެރިކަމަކީ ކަޓު މަސައްކަތެއް ކަމަށް ދިވެހިން ދެކޭދެކުން ބަދަލު ކުރުމަށް އޭނާ ގެންދަނީ މަސައްކަތް ކުރަމުންނެވެ. 

މަސްވެރިކަމާއި ގުޅޭގޮތުން ސާޖިން އަޕްލޯޑްކުރާ ބައެއް ވީޑިއޯތަކާއި ފޮޓޯތަކަށް ދިވެހިންނާއި، ރާއްޖެ އިން ބޭރުގެ ގިނަ ބައެއްގެ ސަމާލުކަން ވެސް ވަރަށް ގިނައިން ލިބެއެވެ. އޭނާގެ ބައެއް ވީޑިއޯތައް ދުނިޔޭގެ ނަން މަޝްހޫރު ބައެއް މީޑިއާތަކުން ވެސް މީގެ ކުރިން ގެނެސްދީފައި ވެއެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް