ads
އިންޑިއާ ފެންބަޮޑުވުން
އިންޑިޔާގެ ކެރެލާގައި ފެންބޮޑުވެ 24 މީހުން މަރުވެއްޖެ
ދެނުކު އިންޑިޔާ އަށް ބޯކޮށް ވާރޭ ވެހި 24 މީހުން މަރުވެ އެތައް ބަޔަކު ގެދޮރު ގެއްލިއްޖެއެވެ.

ބީބީސީން ރިޕޯޓު ކުރާ ގޮތުގައި ވެހުނު ބޯ ވާރޭގެ ސަބަބުން ކޯރުތައް ފުރި ބިންގަޑު ކަނޑައިގެން ދިއުމުގެ ގިނަ ހާދިސާތަކެއް ހިނގާފައިވެއެވެ.

މަރުވި މީހުންގެ ތެރޭގައި ފަސް ކުޑަ ކުދިން ހިމެނެއެވެ. ފެންބޮޑުވުމުގައި، އެތައް ބަޔަކު ގެއްލިފައިވާތީ މަރުވިމީހުންގެ އަދަދު އެތައް ގުނައަކަށް އިތުރުވެދާނެ ކަމުގެ ބިރުވަނީ ބޮޑުވެފައެވެ.

އެތައްގެތަކެއް ކޯރުތަކަށް ބެހިގެން ގޮސްފައިވާތީ ކެރެލާ ސިޓީގެ ކޮއްޓަޔަމްގައި އެތައް ބަޔަކު ވަނީ ތާށީވެފައެވެ.

ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި ބަސްތައް ކޯރުތަކަށް އަޑިއަށް ދާއިރު، އެބަސްތަކުން ދަތުރުކުރިމީހުން ސަލާމަތް ކުރާ މަންޒަރު ފެނެއެވެ.

މީހުން ތާށިވެފައިވާ ސަރަހައްދުތަކަށް މިލިޓަރީ ހެލިކޮޕްޓަރުތަކުން މީހުންނާއި ސާމާނު ފޮނުވަމުން އެބަ ގެންދެއެވެ.

ކެރެލާގެ ޗީފް މިނިސްޓަރު ވިދާޅުވިގޮތުގައި 100 ވަގުތީ ހިޔާއަށް އެތައްހާސް ބަޔަކު ގެނެވިފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް