ads
އަނަންތުރާ ބީޗް ރިސޯޓް
ރިސޯޓެއްގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ
ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ސީއެންއެމްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓަށް ޗުއްޓީ ހޭދަކުރުމަށް އައި ކޮރެއާ ފަތުރުވެރިއެކެވެ.

ފުލުހުން ވިދާޅުވީ އަނަންޓްރާ ރިސޯޓުގެ ބީޗު ސަރަހައްދުގައި ފަތުރުވެރިޔަކު މަރުވެފައި އޮއްވައި ފެނިގެން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނީ އިއްޔެ މެންދުރު 13.00 ހާއިރު ކަމަށެވެ.

އަދި މަރުވެފައި އޮއްވައި ފެނުނީ އުމުރުން 35 އަހަރުގެ މީހެއް ކަމަށާއި އެ މީހަކީ ކޮރެއާއަށް ނިސްބަތްވާ މީހެއް ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ފާއިތުވެދިޔަ ފަސް ދުވަސް ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުއްލި މަރު ގިނަވެފައިވާކަން ފާހަގަ ކުރެވެއެވެ. މިއަދު އައްޑޫ ސިޓީ އެކްސިޑެންޓެއްގައި ޒުވާނަކު މަތރުވި އިރު މާލެ ބަނދަރު ސަރަހައްދުގައި މޫދަށްވެއްޓި މީހަކު ވަނީ މަރުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް