ކޮލިފައިން މެޗުތަކަކީ އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ ތޭވީސް އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވާނެ ޓީމުތައް ކަނޑައެޅުމަށް އޮންނަ މެޗުތަކެވެ. ކޮލިފައިންގައި ރާއްޖެ ކުޅެން ޖެހެނީ ވަރުގަދަ ޓީމުތަކަކާ ދެކޮޅަށެވެ.
ތޭވީސް އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ އެކު އެއް ގްރޫޕެއްގައި ހިމެނެނީ އިރާގް، ބަހްރޭން އަދި އަފްގާނިސްތާންއެވެ. ކޮލިފައިންގެ ގަވައިދު އޮތް ގޮތުން، ކޮންމެ ގްރޫޕަކުންވެސް އެއްވަނައަށް އަންނަ ޓީމެއް ތޭވީސް އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ. އަދި މީގެ އިތުރުން ހުރިހާ ގްރޫޕެއް ކޮމްބައިންކޮށް، ދެވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ހަތަރު ޓީމުވެސް މުބާރާތަށް ކޮލިފައިވާނެއެވެ.