ads
އޫރު ކިޑްނީ ޓްރާންސްޕްލާންޓް ކުރުމުގެ ތެރެއިން-- ފޮޓޯ: ރޮއިޓާސް
އިންސާނަކަށް އޫރެއްގެ ކިޑްނީ ޓްރާންސްޕްލާންޓްކޮށް، ކާމިޔާބުވެއްޖެ
އިންސާނަކަށް އޫރެއްގެ ކިޑްނީ ޓްރާންސް ޕްލާންޓްކޮށް ކާމިޔާބުވެއްޖެ އެވެ.

އެމެރިކާގެ ނިއުޔޯކްގައި ސާޖަންސްގެ ޓީމެއް ވަނީ ކާމިޔާބުކަމާއެކު އޫރެއްގެ ކިޑްނީ އިންސާނަކަށް ޓްރާންސްޕްލާންޓްކޮށް ސައިންސްއަށް ބޮޑު އިންގިލާބެއް ގެނެސްފި އެވެ. 

ދުނިޔޭގައި އެތައް މިލިއަން މީހުންނެއް ކިޑްނީ ނުލިބި ދަތި ހާލުގައި އުޅެމުންދާއިރު މި ހޯދުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ސައިންސްވެރިން ބުނެއެވެ.

ނިއުޔޯކްގައި މީހަކަށް އޫރެއްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރުމާއެކު، މީހާގެ ދިފާއީ ނިޒާމުން އެ ކިޑްނީ ރިޖެކްޓް ކުރުމުގެ ބަދަލުގައި ވަގުތުން މަސައްކަތް ކުރަން ފެށި އެވެ.

އޫރެއްގެ ކިޑްނީ ޓްރާންސްޕްލާންޓް ކުރި މިހާ އަކީ  ސިކުނޑި މަރުވެފައި ވެންޓިލޭޓަރުގެ އެހީގައި ދިރިއޮތް މީހެކެވެ. އެ މީހާގެ ކިޑްނީ މަޑުމަޑުން މަސައްކަތް ކުރުން ހުއްޓެން ފެށުމުން ވެންޓިލޭޓަރުގައި އޮތް އެ އަންހެން މީހާގެ އާއިލާއިން ވަނީ އެ އެކްސްޕެރިމެންޓް ހެދުމަށް ހުއްދަދީފައެވެ. 

އަންގާރަ ދުވަހު ރޮއިޓާސް އިން ރިޕޯޓްކުރި ގޮތުގައި އެ ޕްރޮސީޖާގައި ބޭނުންކުރި އޫރުގެ ޖީންސްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެއީ ވަގުތުން ރިޖެކްޓް ކުރާ މޮލިކިއުލް ކަމަށް އެނގިފައިވާ މޮލިކުއުުލްތައް ނުހުންނާނެ ގޮތައް ބަދަލު ގެނެސްފައިވާ ޖީންސްތަކެކެވެ. 

ތިން ދުވަސް ވަންދެން އެ ކިޑްނީ މީހާގެ ބްލަޑް ވެސަލްސް ތަކާއެކު ހަށިގަނޑުން ބޭރުގައި ދިރާސާވެރިންނަށް ފެންނަ ގޮތައް ހުއްޓެވެ.

ޓްރާންސްޕްލާންޓް ކުރި ކިޑްނީ "ހަމަ އާދައިގެ ގޮތަކަށް މަސައްކަތް ކުރި" ކަމަށް އެކަމުގައި އިސްކޮށް އުޅުނު ޑރ. ރޮބާޓް މޮންޓްގޮމެރީ ބުނެއެވެ. 

އޭނާ ބުނީ ޓްރާންސްޕްލާންޓް ކުރި ކިޑްނީ އިން "ޓްރާންސްޕްލާޓްކޮށްފައިވާ އިންސާނެއްގެ ކިޑްނީއިން އުފައްދާ ވަރަށް ކުޑަކަމުދާތަކެތި އުފެއްދި" ކަމަށެވެ.

އަދި އެ ކިޑްނީ އާދައިގެ ގޮތަކަށް ޓްރާންސްޕްލާންޓް ކުރުމުން މަސައްކަތް ކުރި ކަމަށް އޭނާ ބުނެއެވެ.

އެމެރިކާގައި 107،000 މީހުން މިހާރުވެސް ގުނަވަންތައް ޓްރާންސްޕްލާންޓް ކުރުމުގެ އިންތިޒާރުގައި އެބަތިއްބެވެ. އޭގެ ތެރޭގައި 90،000 މީހުންނަކީ ކިޑްނީއަކަށް ބޭނުންވެފައިވާ މީހުންނެވެ. 

ދިރާސާކުރާ މީހުން އަންނަނީ އެތައް އަހަރުތަކެއް ވަންދެން ޖަނަވާރުންގެ ގުނަވަންތައް އިންސާނުންނަށް ޓްރާންޕްލާންޓް ކުރެވޭނެ ފުރުސަތު އޮތްތޯ ދިރާސާކުރަމުންނެވެ. ނަމަވެސް އިންސާނާގެ ހަށިގަނޑުން ވަގުތުން ގުނަަވަން ރިޖެކްޓް ނުކުރާނެ ގޮތެއް ހޯދަން ޖެހުނު ހިސާބުން ދިރާސާތައް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވެއެވެ. 

ޑރ.މޮންޓްގޮމެރީގެ ޓީމުން މިކަން ކޮށްފައި މިވަނީ އޫރުގެ ޖެނެޓިކަލީ މޮޑިފައިކޮށްފައިވާ އޫރެއް ބޭނުންކޮށްގެންނެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް