ads
ހ.ހަންޑްރެޑް ފްލާވާސްގޭ ކައިރިން ޖައިލަމް އަހްމަދު ޝާކިރު——
ޖައިލަމްގެ މަރުގެ އަޑުއެހުން ފަސްކޮށްފި
ހ.ހަންޑްރެޑް ފްލާވާސްގޭ ކައިރިން ޖައިލަމް އަހްމަދު ޝާކިރަށް ހަމަލާދީ މަރައިލި މައްސަލާގައި މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުން ކުރިއަށް ދަނިކޮށް މާފުށީ ޖަލުން އިންޓަނެޓު ކެނޑުމުގެ ސަބަބުން އަޑުއެހުން ފަސްކޮށްފި އެވެ.

ޖައިލަމް މަރުވެފައިވަނީ، 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހާކަންހާއިރު ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުންނެވެ.
ޖައިލަމް ހަށިގަނޑުގެ 12 ތަނަކަށް ވަޅިން ހަމަލާދީފައިވެއެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ:

  1. ސ. ފޭދޫ، ވީނަސްވިލާ ނަސީބު ސައީދު
  2.  ވ. ސިނަމާލެ އިސްމާއިލް އަނީގު 
  3. ޏ. ފުވައްމުލައް، ޖަމްނާ އަލީ އިރުފާން
  4. ގއ.ވިލިނގިލީ، ފިޔަޖަހާގެ، މުހައްމަދު ހުމައިދުގެގެ މައްޗަށެވެ. 

އަނީގުއާއި ހުމައިދުގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރިކަމުގެ ދައުވާ އުފުލާފައިވާއިރު، ނަސީބާއި އިރުފާނުގެ މައްޗަށް އުފުލާފައިވަނީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މިހާރު ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. އެގޮތުން ހެކިބަސް ނުނެގި ފަސް ހެކިން އަދިވެސް އެބަތިއްބެވެ. 

މިމައްސަލާގައި އިއްޔެ އޮތް އަޑުއެހުމުގައި ހެކިބަސް ނެގިފައިވަނީ އެންމެ މީހެއްގެ އެވެ. އެއީ މި މައްސަލައިގެ ކްރައިމް ސީން ރިޕޯޓު ތައްޔާރުކުރި ފުލުހުންގެ އޮފިސަރެވެ.

އޭނާގެ ހެކި ބަހަށް ފަހު އިތުރު މީހެއްގެ ހެކި ބަހެއް ނެނގޭ ގޮތް ނުވެ އަޑުއެހުން ނިންމާލަން ޖެހުނީ މާފުށީ ޖަލާއި ކޯޓުގެ މެދުގައި އިންޓަނެޓު ކެނޑުމުގެ ސަބަބުންނެވެ.

އެފަހުން ގާޒީ ވަނީ އެއަޑުއެހުން އެހެން ދުވަހަކަށް ފަސްކޮށް ޝަރީއަތް ނިންމާލާފައެވެ. ދެން އަޑުއެހުމެއް އޮންނާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް