ads
ހިޔާ ފްލެޓްތައް--
ފޭސް ދޭއްގައި ޑޭ ކެއާ ސެންޓަރެއް ހަދައިދޭނެ ބަޔަކު ހޯދަނީ
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ޓަވަރުތަކުގެ ތެރެއިން "އެޗް-3" ގެ ކޮމާޝަލް އޭރިއާގައި ޑޭ ކެއާ ސެންޓަރެއް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.
Advertisement

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، "އެޗް-3" ގެ ކޮމާޝަލް އޭރިއާގައި ޑޭ ކެއާ ސެންޓަރެއް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން 17 ނޮވެމްބަރ 2021 ދުވަހުގެ މެންދުރު 2:00 ކުރިން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. މީގެއިތުރުން ޑޭ ކެއަރ ސެންޓަރު ހެދުމަށް 2،190.88 އަކަ ފޫޓުގެ ޖާގައެއް ކަނޑައަޅާފައިވާ ކަމަށްވެސް އިއުލާނުގައި ވެއެވެ.

ޑޭ ކެއާ ސެންޓަރު ހެދުމަށް ޕްރޮޕޯސަލް ހުށަހަޅާއިރު، ޕްރޮޕޯސަލްއާއެކު ބިޑު ސެކިއުރިޓީވެސް ހުށަހަޅަން ޖެހޭ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. މި އިއުލާނާއި ގުޅޭ އިތުރު މައުލޫމާތު އެޗްޑީސީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ. 

ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށާ ކުލި ނަގަން ފެށުމުގެ ކުރިން މިހާރު ދިމާވަމުންދާ މައްސަލަތައް ހައްލު ކުރުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް މިހާރުވެސް ދަނީ ކުރަމުންނެވެ. އެގޮތުން ހުޅުމާލެ ފޭސް ދޭއް ގައި އިމާރާތް ކޮށްފައިވާ ހިޔާ ފުލެޓުތަކުގެ ސަރަޙައްދުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު، އެ ސަރަހައްދު ސާފުކޮށް ބޭއްވުމަށް ކުނި ނެގުމުގެ އިތުރުން ބޭނުންވާނެ ގިނަ ހިދުމަތް ތަކެއް ފޯރުކޮށް ދިނުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ފަރާތުން ދަނީ ކުރަމުންނެވެ. 

އެޗްޑީސީން މައުލޫމާތުދޭ ގޮތުގައި، ހިޔާ ފްލެޓްތަކުގައި ގިނަ ފިހާރަތަކާއި ކްލިނިކް، ޕޮލިސް ސްޓޭޝަން އަދި މިސްކިތެއް އަވަސް މުސްތަގުބަލެއްގައި ހުޅުވޭނެއެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް އެ ސަރަހައްދުގައި ސްކޫލެއް ވެސް ގާއިމް ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް