އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން ޝާހިދު ވަނީ މިހާރު އެ ފިލްމަށް ސޮއިވެސް ކޮށްފައެވެ.
ހަގީގީ ހާދިސާތަކެއް ދައްކުވައިދޭ “ބުލް”އަކީ އިންޑިއާގެ ވައިގެ އޮޕަރޭޝަންތަކުގައި މަސައްކަތްކުރާ ޕެރަޓްރޫޕަރުންގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.
އަސީމް އަރޯރާ އާއި ޕަރްވީޒް ޝައިހްގެ ސްކްރީން ޕްލޭއަކަށް އެ ފިލްމު ޕްރޮޑިއުސްކުރަނީ ބުޝަން ކުމާރުގެ ޓީ ސީރީޒުންނެވެ.
ފިލްމުގެ ޝޫޓިންގެ މަރުހަލާއަށް ޓީމުން ތައްޔާރުވަމުން ދިޔަ ނަމަވެސް ފިލްމާއި ބެހޭ މާގިނަ ތަފްސީލްތަކެއް އަދި ހާމައެއް ނުކުރެއެވެ.
ޝާހިދު ދެން އެންމެ އަވަހަށް ފެންނާނީ އަންނަ ޑިސެމްބަރުމަހު ރިލީޒްކުރާ “ޖާޒީ” އިންނެވެ.