އެ ތުހުމަތުކޮށްފައިވަނީ ބޮލީވުޑް ހަބަރުތައް ގެނެސްދޭ ކަމާލް އާޜު ހާން އެވެ.
އޭނާ ބުނީ މިހާރު ޑްރަގް މައްސަލައެއްގައި ދަރިފުޅު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޝާހްރުކްއަށް އަމާޒުކޮށް އަޖޭ ވަރަށް ބޮޑަށް ފާޑުކިޔާފަ ކަމަށެވެ.
އަދި ޝާހްރުކްއަށް ޝޫޓިން އަށް ނާދެވުމަކީ އޭނާގެ އަމިއްލަ މައްސަލައެއް ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އަޖޭ އާއި ގާތް މީހަކު ބޮލީވުޑް ޓައިމް އަަށް ބުނީ އެފަދަ ކަމެއް ހިނގައިފައި ނުވާ ކަމަށެވެ.
އެގޮތުން އަޖޭ އަކީވެސް ދެކުދިންގެ ބައްޕައެއް ކަމަށާއި ޝާހްރުކްގެ ހިތާމަ އޭނާއަށް ވެސް އިހުސާސް ކުރެވޭ ކަމަށެވެ.
އަދި އަޖޭގެ އަންހެނުން ކާޖޮލް އާއި ޝާހްރުކް އާއި އޮންނަ ގާތް ގުޅުން ފާހަގަކޮށްފަވެއެ.
އޭނާ ބުނީ އެ ވާހަކަ ފަތުރައިގެން އުޅޭ ކަމާލް އާރު ހާން އަކީ އަޖޭ އާއި ޒާތީގޮތުން މައްސަލަ އޮންނަ މީހެއް ކަމަށެވެ.