ފަރުކޮޅުފުށީގައި ބޭއްވި ހަފްލާގައި، ސަންގު ޓީވީގެ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން އެވޯޑްތައް ރައީސް އަދި ފަސްޓް ލޭޑީ ހަވާލުކޮށްދެއްވިއެވެ.
ސަންގު ޓީވީގެ "ސްޓާފް އޮފް ދަ އިއާ 2024" ގެ އެވޯޑް މާހަތު ހުސައިން ރަޝީދަށް ހަވާލުކޮށްދެއްވީ ރައީސް މުއިއްޒެވެ. "މޯސްޓް ޕްރޮމިސިން އެމްޕްލޯއީ 2024" ގެ އެވޯޑް އާމިނަތު ވިރުޝާއަށް ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީއެވެ. މީގެ އިތުރުން، އެކި ގޮތްގޮތުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހާސިލުކުރި މުވައްޒަފުންނަށާއި ސަންގު ޓީވީއަށް އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީ ފިލާވެސް ދެއްވާފައިވެއެވެ.
ސަންގު ޓީވީގެ އަހަރީ ހަފްލާގައި ޔޫތު އެމްޕަވަރމަންޓް އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދުގެ އިތުރުން ދައުލަތާއި މީޑިއާގެ އެކި ދާއިރާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;