ads
ފިއްލަދޫ ކައުންސިލް އިދާރާ
ދައްޕަރުގައި ކުރާނީ ކޮންކަމެއް ކަމެއް އަދިއެއް ނުނިންމާ: ކައުންސިލް
ހއ. ފިއްލަދޫ އިހުތިސާސް ތެރޭގައި ހިމަނާފައިވާ ދައްޕަރުގައި ކުރާނީ ކޮން މަސައްކަތެއް ކަމެއް އަދި ނުނިންމާ ކަމަށާއި ލޭންޑް ޔޫޒް ޕްލޭން ހަދާ ނިމޭއިރު ކުރެވޭނެ މަސައްކަތް އެނގޭނެ ކަމަށް ހއ ފިއްލަދު ކައުންސިލުން ބުނެފިއެވެ.

ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަން ސީއެންއެމް އަށް ވިދާޅުވީ އެރަށުގައި ކުރާނެ މަސައްކަތް ނިންމޭނީ ރަށް ލިބިގެންކަމަށާއި ފުރަތަމަ ކުރީ އެ މަސައްކަތް ކަމަށެވެ. 

އެބިން ނެތި ކިހިނެއް އެތަނުގައި ކުރާނެ މަސައްކަތަކަމެދު ވިސްނާނީ. މިހާރު އެބިން ލިބިފައި އޮތީމަ ދެން އެތަނާމެދު ކައުންސިލުން ވިސްނަމުން މިދަނީ. ލޭންޑް ޔޫޒް ޕްލޭންގެ މަސައްކަތް ނިމުނީމަ ތައްރައްގީގެ ޕްލޭން ހެދޭނެ. އަޅުގަނޑުމެން އެހިސާބުން މައުލޫމާތު ދޭނަން،" ފަތުހުﷲ ވިދާޅުވިއެވެ.

ފަތުހުﷲ ވިދާޅުވީ ސަރުކާރުން އެރަށުގައި ކުރާނެ ކަމަކާބެހޭ ގޮތުން އެއްވެސް އިރެއްގައި މަޝްވަރާ ކޮށްފައިނުވާ ކަމަށެވެ. ފޯނުން ވެސް ނުވަތަ ލިއުމުން ވެސް އެފަދަ މަޝްވަރާއެއް ކޮށްފައި ނުވަކަމަށް އޭނާ ވިދާޅުވިއެވެ. އެހެންވެ ދައްޕަރުގެ މަސައްކަތް ކުރެވޭނީ ސަރުކާރާ ގުޅިގެންތޯ ނުވަތަ ނޫންތޯ ވިދާޅުވާން އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

މިދިޔަ އަހަރުގެ މާރިޗު 18 ވަނަ ދުވަހު ރައީސް އޮފީހުން ގެޒެޓްކޮށް އާއްމުކޮށްފައިވާ އިދާރީ ދާއިރާގެ އިހްތިސާސް ހިމެނޭ ސަރަހައްދު ކަނޑައެޅުމުގެ ޗާޓުގައި ފިއްލަދޫ ދައްޕަރަކީ ފިއްލަދޫ އިހްތިސާސްތެރޭގައި ހިމެނޭ ފިއްލަދޫގެ ބައެކެވެ. 

ނަމަވެސް، 2021ވަނަ އަހަރުގެ އޮގަސްޓު 29 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރެއްގައި ވަނީ ދައްޕަރު ފިއްލަދޫގެ އިހްތިސާސުން ވަކި ކުރައްވައިފަ އެވެ. އެއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރަށްތަކުގެ އިހްތިސާސް ކަނޑައެޅުމަށް ރައީސަށް އޮންނަ ބާރުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

އޭގެފަހުން ފިއްލަދޫ ކައުންސިލުންނާއި ރައްޔިތުންގެ ޝަކުވާތަކެއް ރައީސް ސޯލިހަށް ހުށަހެޅި މަޝްވަރާތަކެއް ވެސް ކުރެވުނެވެ. 

ދައްޕަރު އެރަށުގެ އިހްތިސޯސް ތެރޭގައި އަލުން ހިމަނުއްވާ މިމަހުގެ 13 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރުގައި ވިދާޅުވެފައިވަނީ މިއަހަރުގެ އޮގަސްޓް 29ވަނަ ދުވަހު ރައީސް އޮފީހުން ނެރުނު ގަރާރަށް ބަދަލު ގެންނަން ޖެހިއްޖެ ކަމަށް އެމަނިކުފާނަށް ފެނިވަޑައި ގަންނަވާތީ އެ ގަރާރު ބާތިލްކުރައްވާ ކަމަށާއި، ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި އަލުން ދައްޕަރު ހިމަނުއްވާފައިވާ ކަމަށެވެ. 

ފިއްލަދޫގެ އިހްތިސާސްގެ ތެރޭގައި ދައްޕަރު އަލުން ހިމަނުއްވާ  ނެރުއްވާފައިވާ ގަރާރު ނެރުއްވާފައި މިވަނީ އެކަން އެގޮތަށް ކުރެއްވުމަށް ރައީސް ސޯލިހް ނިންމެވި ކަމަށް މިމަހުގެ ހަތަރު ވަނަ ދުވަހު ރައީސް އޮފީހުން ހާމަކުރެއްވި ނަމަވެސް ރަސްމީ ގަރާރު ނެރުއްވުން ލަސްވުމާ ގުޅިގެން ފިއްލަދޫގެ ރައްޔިތުން ޝަކުވާކުރަމުން ދަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް