ads
ހުޅުމާލެ ފޭސް 1--- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
އޮފީސް އިމާރާތް އެޅުމަށް އެމްޕީއެލް އަށް ހުޅުމާލެއިން ބިމެއް ދޫކުރަން ނިންމައިފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ އޮފީސް އިމާރާތެއް އަޅަން ހުޅުމާލެއިން ބިމެއް ދޫކުރަން ނިންމައިފިއެވެ.

ހުޅުމާލެއިން ބިމެއް ދޫކުރަން ނިންމާފައިވާކަން ހާމަކުރައްވާ، ރޭ ބޭއްވި ރަސްމިއްޔާތެއްގައި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، މިހާރު ހުރި އޮފީސް އިމާރާތުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށށާއި، މުވައްޒަފުންނަށް ފައިދާވާނެ ގޮތަށް އެމްޕީއެލްގެ އޮނިގަނޑު ބަދަލުކުރުމުގެ މަަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށެވެ. އަދި  އޮނިގަނޑު ބަދަލުކުރުމުގެ އެންމެ ބޮޑު އަމާޒަކީ މުވައްޒަފުންނަށް ލުއި ފަސޭހަތަކެއް ހޯދައި ދިނުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުޅުމާލެ ޕޯޓުގައި އާ ސެކިއުރިޓީ އިމާރާތެއް ހުޅުވަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ހުސައިލް އިތުރަށް ވިދާޅުވީ، މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށާއި، އެ ދާއިރާއަށް މީހުން ބިނާކުރުމަށް އެމްޕީއެލުން ދަނީ މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. 

ވަކިން ހާއްސަކޮށް ސަރުކާރުން ވަނީ، ރާއްޖޭގައި މީހުން މަދު ދާއިރާތައް ދެނެގަނެ އެ ދާއިރާތަކުން ކިޔަވަން ފުރުސަތުތައް ފަހިކޮށް ދެމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތިން، މުޅި އިގްތިސާދަށް އެތެރެކުރެވޭ މުދާ ޑިސްޓްރިބިއުޓް ކުރެވޭ މިންވަރު ކުޑަވެގެން ދާނެ ކަމަށްވެސް ސުހައިލް ފާހަގަކުރެއްވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް