އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނުގެ ސިފައިން، ކުޅުދުއްފުށި ސިޓީން ފެނުނު ހަރުފަ ހިފައިފާވަނީ މިއަދު އެވެ.
މި ހަރުފަ މިއަދު ފެނިފައިވަނީ، ރާއްޖެއިން ބޭރުން ގެނައި ލަކުޑިތަކެއްގެ ތެރެއިންނެވެ.
މި ހާދިސާގެ މަޢުލޫމާތު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް މިއަދު ލިބުމާ އެކު، ސިފައިންގެ ޓީމެއް ވަނީ ސަރަހައްދަށް ގޮސް، ފުލުހުންނާ ގުޅިގެން ހަރުފަ ހިފުމުގައި ހަރަކާތްތެރި ވެފަ އެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން ހިފި މި ހަރުފައިގެ ދިގުމިނުގައި 42 އިންޗި ހުއްޓެވެ.