ads
ފޮޓޯ: ޕޮލިސް
ޖޫރިމަނާގެ ގޮތުގައި 169 މިލިއަން ރުފިޔާ ލިބިއްޖެ
ޖޫރިމަނާގެ ގޮތުގައި މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 169 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.
Advertisement

ފިނޭންސް މިނިސްޓްރީން ކޮންމެ ހަފްތާ އަކު އެއް ފަހަރު އާންމުކުރާ ތަފާސްހިސާބުގައިވާ ގޮތުން އޮކްޓޫބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 169.3 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.

އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 60.9 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު އެ މުއްދަތުގެ ތެރޭގައި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބުނީ 108.4 މިލިއަން ރުފިޔާ އެވެ. 

މި އަހަރުގެ ބަޖެޓުގައި، ޖޫރިމަނާގެ ގޮތުގައި 43.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ދައުލަތަށް ވަނީ އެ އަދަދު ލިބިފަ އެވެ. އެހެންކަމުން ދައުލަތަށް މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އަދަދަށް ވުރެ އިތުރަށް މިހާރު ވެސް މިވަނީ 125.2 މިލިއަން ރުފިޔާ ލިބިފަ އެވެ. 

ގާނޫނާ ހިލާފުވެގެން ކުރާ ޖޫރިމަނާ ގޮތުގައި 14 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައިވެއެވެ. އަދި ގަވާއިދާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި 10 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

ޓްރެފިކް ވަޔޮލޭޝަންގެ ގޮތުގައި 5.1 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު އެގްރިމެންޓާ ހިލާފުވެގެން ކުރާ ޖޫރިމަނާގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

މުވައްޒަފުންގެ ގަޑި ލާރިއާއި ޖޫރިމަނާގެ ގޮތުގައި 8.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ދަރަންޏާއި ގަޒިއްޔާގެ ޖޫރިމަނާގެ ގޮތުގައި 138،470 ރުފިޔާ ޖޫރިމަނާގެ ގޮތުގައި ލިބިފައިވެއެވެ.

މި އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގައި ޖޫރިމަނާގެ ގޮތުގައި 43.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު މި އަހަރުގެ ދައުލަތުގެ ބަޖެޓްގައި ޖޫރިމަނާގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 102.5 މިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު 14 އާ ހަމައަށް ހިލޭ އެހީ އާއި އާމްދަނީއެއްކޮށް ބަލާނަމަ ލިބިފައިވަނީ 15.1 ބިލިއަން ރުފިޔާ އެވެ. އެކަމަކު 22.9 ބިލިއަން ރުފިޔާ ވަނީ އެ މުއްދަތާ ހަމައަށް ހަރަދުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް