ads
ޒުވާން ޓީމު ކުރިން ކުޅުނު މެޗެއްގެ ކުރިން
ޒުވާން ޓީމު ފުރަތަމަ މެޗުން ބޮޑު ތަފާތަކުން ބަލިވެއްޖެ
އޭއެފްސީ ތޭވީސް އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުން ބޮޑު ތަފާތަކުން އިރާގު އަތުން ބަލިވެއްޖެއެވެ.
Advertisement

ބަހުރޭނުގައި ހޯމަ ދުވަހު ކުޅުނު މެޗުން ރާއްޖެ ބަލިވީ އިރާގާ ދެކޮޅަށް ކުޅެ ހަތަރު ލަނޑު ސުން ލަނޑުންނެވެ. މިއީ އަންނަ އަހަރު އުޒްބަކިސްތާނުގައި އޮންނަ އޭއެފްސީ ތޭވީސް އަހަރުން ދަށުގެ އޭޝިއަން ކަޕަށް ކޮލިފައިވުމަށް ކުޅޭ މެޗުތަކުގެ ތެރެއިން ރާއްޖޭގެ ފުރަތަމަ މެޗެވެ. 

ރާއްޖެ ކޮލިފައިންގައި ކުޅެން ޖެހެނީ އިރާގުގެ އިތުރުން ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ހޯސްޓް ކުރާ ބަހްރޭނާ އަދި އަފްޣާނިސްތާނާ ދެކޮޅަށެވެ. އޭޝިއަން ކަޕަށް ކޮލިފައިވާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ހޯދާ ޓީމު އެކަންޏެވެ. އަދި މީގެ އިތުރުން ހުރިހާ ގްރޫޕެއް ކޮމްބައިންކޮށް، ދެވަނައަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ މޮޅު ހަތަރު ޓީމުވެސް މުބާރާތަށް ކޮލިފައިވާނެއެވެ. މި މުބާރާތުގައި ވާދަކުރާ ދިވެހި ޓީމަށް ކޯޗުކޮށްދެނީ އަލީ ސުޒޭންއެވެ. 

އޭޝިއަން ކަޕަށް ކޮލިފައިންގައި ރާއްޖެ ވަރުގަދަ މެޗުތަކަކަށް ބަހްރޭނަށް ދިޔައިރު، ރާއްޖޭ ޓީމުން ކޮލިފައިންއަށް ތައްޔާރުވުމަށް ވާދަވެރި އެންމެ މެޗެއްވެސް ނުކުޅެއެވެ. މުބާރާތުގެ ދުވަސްކޮޅެއް ކުރިން މި ޓީމުވަނީ ޅ. އަތޮޅަށް ދަތުރުކޮށް އެ އަތޮޅުގައި ބައެއް ރަށްރަށުގެ ޓީމުތަކާ ދެކޮޅަށް މެޗުތަކެއް ކުޅެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް