ads
ލަނޑާ ނަގަން ފައިބައި އުޅެނިކޮށް ލޯންޗެއް ގައިމަތިން ދިޔުމުން ޒަހަމްވި މީހާ
ލަނޑާ ނަގަން ފޭބި މީހެއްގެ ގައިމަތިން ލޯންޗެއް، އަތް ބުރިވެއްޖެ
ލަނޑާ ނަގަން ފައިބާ އުޅުނު މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް އޭނށާގެ އަތް ބުރިވެއްޖެއެވެ.
Advertisement

މި ހާދިސާ ހިނގާފައިވަނީ ރޭ ނ. ދިގުރަށުގައި ހިންގާ ސިޔާމް ވޯލްޑު ކައިރީގައެވެ. ރޭ 10:00 ހާއިރު ހިނގި މި ހާދިސާގައި އަނިޔާވީ 35 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ. މި މީހަކީ ރ. މަޑުއްވަރީ ދޯންޏެއްގައި ލަނޑާ ނެގުމުގެ މަސައްކަތުގައި އުޅުނު މީހެކެވެ. 

މި ހާދިސާގައި އެމީހާގެ ގައިމަތިން ލޯންޗު ދިޔުމުން އެމީހާގެ އަތްވަނީ ބުރިވެފައެވެ. އޭގެ އިތުރުން އެމީހާއަށް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ. މި މީހާއަށް މަނަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ މާލެ ގެނެސްފައެވެ. އެމީހާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.

މި މީހާ މަސައްކަތް ކުރާ ދޯނީގެ ކެޕްޓަން ބުނީ ފީނަން މީހުން ފައިބައިގެން ތިބި ލޯންޗު އަންނަނީ އެ ލޯންޗަށް އިޝާރަތް ކުރިކަމަށެވެ. އެގޮތުން މޫދުގައި މީހަކު އޮތުމުން އެކަން އަންގަން ފީނަށް ދިޔަ ޑިންގީގެ ނެވިގޭޝަން ދިއްލައިގެން ނެރު މެދަށް ޖެހުނުކަމަށް ކައްޕި ބުންޏެވެ. އަދި ގެންގުޅުނު ބައްތިތަކުންވެސް ލޯންޗަށް އަލިކުރިކަމަށާއި މޫދުގައި އޮތް މީހާވެސް އޭނާ ގެންގުޅުނު ބައްތިން ލޯންޗަށް އަލިކުރިކަމަށް ކައްޕި ބުންޏެވެ. އެހެންނަމަވެސް ލޯންޗު މަޑުކުރުމެއްނެތި ޑިންގީ ކަޓުވާލާފައި މޫދުގައި އޮތް މީހާގެ ގައިމަތިން ދިޔައީކަމަށް ކައްޕި ވަނީ ކިޔާދީފައެވެ. 

މި ހާދިސާއާ ގުޅޭގޮތުން އަދި ފުލުހުން އެއްޗެއް ނުބުނެއެވެ. 

5%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
91%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް