ބޭރުގެ ނޫސްތަކުން ބުނާގޮތުގައި އަމޯތާބު ކުޅެން އުޅެނީ ފިލްމުގެ ލީޑު ރޯލުން ފެންނާނެ ޓައިގާ ޝްރޮފްގެ ބައްޕަގެ ރޯލެވެ.
މިއީ ވަރުގަދަ އެކްޝަންތަކެއް ވެސް ހިމެނޭ އަދި ހަނގުރާމަތަކުގެ ސަބަބުން ދުނިޔެ އަށް ޖެހިފައިވާ ހާލު ދައްކުވައިދޭނެ ފިލްމެކެވެ.
ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ ޓައިގާ ޝްރޮފްގެ އާ ފިލްމު "ގަނަޕަތު" ގައި ކިޔައިދޭނީ 2090 ގެ ވާހަަކައެއް ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.
އިނގިރޭސިވިލާތުގައި ވަރަށް ބޮޑު ބައި ޝޫޓްކުރަން ހަމަޖެހިފައިވާ "ގަނަޕަތު" ގެ ބަތަލާ އަކީ ޓައިގާގެ ފުރަތަމަ ފިލްމު 2014 ގެ "ހީރޯޕަންތީ" ގެ ބަތަލާ ކްރިތީ ސެނަން އެވެ.
ބޮޑު ބަޖެޓަކުން ވަރަށް ގްރޭންޑްކޮށް ހަދަން ނިންމާފައިވާ އެ ފިލްމުގެ ފުރަތަމަބައި ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު 23 ގައެވެ.