ads
މަޑަވެލި - ހޯޑެއްދޫ ކޯޒްވޭ މަޝްރޫއުގައި ސޮއެކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ : އެމްޓީސީސީ
މަޑަވެލި، ހޯޑެއްދޫ ކޯޒްވޭގެ މަޝްރޫއު އެމްޓިސީސީ އަށް
ގދ. މަޑަވެލި - ހޯޑެއްދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްފި އެވެ.

މަޑަވެލި - ހޯޑެއްދޫ ކޯޒްވޭ ހެދުމުގެ މަޝްރޫއު ސަރުކާރުން އެމްޓީސީސީ އާއި ހަވާލު ކޮށްފައިވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، އެންޑް އިންފްރާސްޓްރަކްޗަރ ގައި ނިއަދު އެކަމަށް ހާއްސަ ކޮށްގެން ބޭއްވި ރަސްމިއޔާތެއްގަ އެވެ. އެމްޓީސީސީގެ ފަރާތުން މި މަޝްރޫއުގައި ސޮއެ ކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ.

your imageމަޑަވެލި - ހޯޑެއްދޫ ކޯޒްވޭ މަޝްރޫއުގައި ސޮއެކުރުމުގެ ރަސްމިއްޔާތު -- ފޮޓޯ : އެމްޓީސީސީ 

މި މަޝްރޫއުގެ ދަށުން، 260 މީޓަރު ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި، 262 މީޓަރުގެ މަގެއް ހެދުން ހިމެނެ އެވެ. މި މަޝްރޫއުގެ ދަށުން މަގު ހެދުމުގެ އިތުރުން މަގު މާކު ކުރުމާއި، މަގުގެ ޕޭވްމެންޓް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

383 މީޓަރު ދިގު މި ކޯޒްވޭ އަކީ 84.17 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މީގެ އިތުރުން މި މަޝްރޫއު އެމްޓީސީސީ އާއީ ހަވާލު ކުރެވިފައިވަނީ 300 ދުވަހުގެ މުއްދަތުގައި ނިންމާ ގޮތަށް ކަމަށް ވެސް އެމްޓީސީސީން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް